އޭދަފުށިން ހޮނިހިރު ދުވަހު ކާށިދޫ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ އަށްވަނަ މިނެޓުގައި އޭދަފުށީގެ ހައިޝަމް ހަސަން ގޯލު ހަހާ އެޓީމަށް ލީޑު ނަގާދިނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މުހައްމަދު ފާސިރު ގޯލު ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްދިނެވެ. އޭދަފުށީގެ ތިންވަނަ ގޯލު ދެވަނަ ހާފުގެ 13 ވަނަ މިނެޓުގައި އެ ޓީމަށް ޖަހާދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.
އޭދަފުށްޓަކީ ރާއްޖޭގެ ނިސްބަތުން މޮޅު ފުޓްބޯޅަ ކުޅުންތެރިން ގިނަ އަދަދަކަށް ނިސްބަތްވާ ރަށެކެވެ.