ads
އުއްތަމަ ފަނޑިޔާރު ހިމެނޭހެން ޖުޑިޝަރީގެ އިދާރީކަންކަމަށް ލަފާދޭ ބޯޑެއް
އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް ޖުޑީޝަރީގެ އިދާރީ ކަންކަމަށް ހާއްސަ ބޯޑެއް އެކުލަވާލަން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ، ކޯޓުތަކުގެ އިދާރީ ހިންގުމާ ގުޅޭގޮތުން ސިޔާސަތު އެކަށައަޅާއިރު، ފަނޑިޔާރުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި އެކުލަވާލާ ސިޔާސަތުތަކަކީ ހާމަކަންބޮޑު އަދި ފަނޑިޔާރުންނާ މަޝްވަރާ ކުރެވިގެން އެކުލަވާލެވޭ ސިޔާސަތުތަކެއްކަމަށް ހެދުމަށްޓަކައި، ޖުޑީޝަރީގެ އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމުގެ ކަންކަމުގައި ފަނޑިޔާރުންގެ ފަރާތުން ޖޭއެސްސީއަށް ލަފާދިނުމަށްޓަކައި ބޯޑެއް އުފެއްދުމަށް ނިންމާފައިވާ ކަމަށެވެ. މި ބޯޑުގައި ޖުމްލަ ނުވަ ބޭފުޅުން ހިމެނޭނެއެވެ.

ޖުޑިޝަރީގެ އިދާރީ ބޯޑުގައި ހިމެނޭ ބޭފުޅުން

1. ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު

2. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް

3. ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު

4. ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓު، ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ތަމްސީލްކުރައްވާ ފަނޑިޔާރު

5. ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓު، ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ތަމްސީލްކުރައްވާ ފަނޑިޔާރު

6. ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުތައް، ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ތަމްސީލްކުރައްވާ ފަނޑިޔާރު

7. ސުޕީރިއަރ ކޯޓުތަކުގެ އިސް ޤާޟީންގެ ތެރެއިން އުއްތަމަފަނޑިޔާރު ޢައްޔަންކުރައްވާ ފަނޑިޔާރަކު

8. މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ތެރެއިން އުއްތަމަފަނޑިޔާރު ޢައްޔަންކުރައްވާ ފަނޑިޔާރަކު

9. ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު

ޖޭއެސްސީން ބުނީ ސުޕީރިއާ ކޯޓުތަކުގެ އިސްގާޒީންގެ ތެރެއިން ހިމެނޭ މެންބަރާއި، މެޖިސްޓްރޭޓުންގެ ތެރެއިން ކަނޑައަޅާފައިވާ މެންބަރުން ޢައްޔަންކުރެވޭނީ، ފަނޑިޔާރުންގެ މެދުގައި ބަހާލެވޭ އުޞޫލަކުން ކޮންމެ އަހަރަކުން 01 ފަހަރު ބަދަލުވާ ގޮތުގެމަތީން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް