ads
ރޯދަމަހު އަގްސާ މިސްކިތައް ވަނުން މަނާކޮށްފިނަމަ "ދީނީ ހަނގުރާމައެެއްގެ" އިންޒާރު
ރަމަޟާން މަހުގެ ތެރޭގައި މުސްލިމުންނަށް އަލްއަގްސާ މިސްކިތަށް ވަނުން މަނާކުރުމަށް އިސްރާއީލުން ރާވާފައިވާތީ، ފަލަސްތީނުގެ އެންމެ މަތީ ފަތުވާ ކައުންސިލުން "ދީނީ ހަނގުރާމައެއް" ހިނގައިދާނެ ކަމުގެ އިންޒާރު ދީފިއެވެ.

އެ ޖަމިއްޔާއިން ބުނީ މި ނިންމުމުގެ މަގުސަދަކީ އަލްއަގްސާ އަކީ ޔަހޫދީންގެ ތަނަކަށް ހެދުމަށް ރޭވިފައިވާ ރޭވުންތައް، ތަންފީޒު ކުރުމަށް އުޅޭ މީހުން ބޭރުކޮށް، މިސްކިތް ހިމާޔަތް ކުރުމަށް އަރަބި އަދި މުސްލިމް ލީޑަރުންނާއި ރައްޔިތުންނަށް ގޮވާލުން ކަމަށެވެ.

އިޒްރޭލުގެ ބޮޑުވަޒީރުން ބެންޖަމިން ނަތަންޔާހޫ ވަނީ ރަމަޟާން މަހު ފަލަސްތީނުން އަލްއަގްސާ މިސްކިތަށް ވަނުން ހަނިކުރުމަށް ކެބިނެޓުން ހުށަހެޅި ހުށަހެޅުމަކަށް ތާއީދު ކުރާ ކަމަށް ބުނެފައެވެ.

ނަތަންޔާހޫ އެހެން ބުނި ނަމަވެސް އިސްރާއީލުގެ ފޮރިން މިނިސްޓަރު އިސްރާއީލް ކަޓްޒް ބުނަނީ ކުރިއަށް އޮތް  ރަމަޟާން މަހު އަލްއަގްސާ މިސްކިތުގައި އަޅުކަން ކުރުމުގެ މިނިވަންކަން އެގައުމުގެ ސަރުކާރުން ހުއްދަ ކުރާނެ ކަމަށެވެ.

"އެޅޭނެ އެއްވެސް ހުރަހެއް ވެގެންދާނީ ސަލާމަތީ ސަބަބުތަކަށްޓަކައި،" ރެޝެޓް ބެޓް ޕަބްލިކް ރޭޑިއޯއަށް ވާހަކަދައްކަމުން ބުނެފަވެ އެވެ.

އެކަމަކު އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި  ރަމަޟާން މަހު މިސްކިތަށް ވަނުމަށް ހުރަސްތަކެއް އެޅުމަށް އިސްރާއީލުގެ ގައުމީ ސަލާމަތީ މިނިސްޓަރު އިޓަމާ ބެން ގްވީރުގެ ހުށަހެޅުން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކަން ގަބޫލުކުރި އެވެ.

ކޮންމެ ގޮތަކަށް އިޒްރޭލުގެ ވެރިންގެ ވާހަކަތައް ހުއްޓަސް ކޮންމެ އަހަރަކުވެސް ރަމަޟާން މަހު އެގައުމުގެ ސިފައިން އަލްއަގްސާ މިސްކިތައް ވަދެ އެތަނުގަ ތިބޭ މުސްލިމުންނަށް އަނިޔާކޮށް ހަދައެވެ.

އަދި ބައެއް ފަހަރު މިސްކިތް ބަންދުކޮށްފަވެސް އެބަހުއްޓެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް