ފައިބަރު މަސައްކަތް ކުރާ މީހުންނަށް އެ ބިން ސަރުކާރުން ހަމަޖައްސައިދީފައި ވަނީ ތިލަފުށީ އެތެރެފަޅުން ހިއްކާފައިވާ އޭރިއާ އީ ސަރަހައްދުންނެވެ.
ފައިބަރު މަސައްކަތް ކުރާ މީހުންނަށް އެ މަސައްކަތް ކުރަން ތިލަފުށިން ވަކި ބިމެއް ހަމަޖައްސައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލެ ސިޓީ މޭޔަރުގެ މަގާމަށް ވާދަކުރެއްވި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރުގެ ކެންޕެއިނަށް ވިލިމާލެއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ވިލިމާލޭގެ އެއް ކައިރީގައި ފައިބަރު މަސައްކަތް ކުރި ނަމަވެސް، އެކަމުގެ ސަބަބުން ސިއްހަތަށް ނުރައްކާވުން އެކަށީގެންވާ ކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.
އަދި އެ މަނިކުފާނު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު ވެސް ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރާ މީހުންނަށް ތިލަފުށިން ބިމެއް ހޯދުމަށް މަސައްކަތް ކުރައްވާފައިވާނެ ކަމަށް ވެސް ރައީީސް ވަނީ ވިދާޅުވެފަ އެވެ.