ads
ގިރާވަރުފަޅުން ދޫކުރި ގޯތިތައް ގުޅީފަޅަށް ބަދަލުކުރުމުގެ ފުރުސަތު އެބައޮތް: ރައީސް
ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތައް ގުޅީފަޅަށް ބަދަލުކުރުމުގެ ފުރުސަތު އެބައޮތްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި އާންމު މީހެއްގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތައް ގުޅީފަޅަށް ބަދަލުކުރުމާމެދު ސަރުކާރުން މިހާތަނަށް ވަކި ގޮތެއް ނުނިންމާކަމަށެވެ. ނަމަވެސް އެކަމަށް ވަކި ސިޔާސަތެއް މިހާތަނަށް ކަނޑައަޅާފައިނުވާކަމަށް ރައީސް ވިދާޅުވިއެވެ.

"ގިރާވަރުފަޅުން ގޯތިލިބުނު ބައެއް ބޭފުޅުން ހަމަ ތިސުވާލް އެބަ ކުރައްވާ. އަދި ތިކަމަށް ވަކި ގޮތެއް ނުނިންމޭ. ތިކަމަކީ ހަމަ ފުރުސަތު އޮޮތް ކަމެއް ނަމަވެސް އަދި ސިޔާސަތެއް ކަނޑަނޭޅޭ." ރައީސް ވިދާޅުވިއެވެ.

ގިރާވަރުފަޅުން ގޯތިލިބުނު މީހުންނަށް ގުޅީފަޅުން ގޯތިދޭއިރު އެތަނުން ގޯތި ދެވޭނެތޯ ނުވަތަ ނޫންތޯ ކަނޑައަޅަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

 އަދި މިހާރު ކުރިއަށްދަނީ ގިރާވަރުފަޅާއި ގުޅީފަޅުގެ ލޭންޑްޔޫސް ޕްލޭން ފައިނަލް ކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ގިރާވަރުފަޅުން ގޯތި ދޫކުރަން ނިންމައި، ބައެއް ފަރާތްތަކަށް ލިޔުންވެސް ހަވާލުކުރި އިރު، ގޯތިދޫކުރަން ނިންމި ސަރަހައްދު އޭރު ހިއްކާފަވެސް ނުވެއެވެ.

ހިއްކާފައިވާ ސަރަހައްދުގައިވެސް ކަރަންޓާއި ފެން ފަދަ އަސާސީ ނިޒާމްތައް ގާއިމްކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް