ads
ތިނަދޫގައި އިންޓަނޭޝަލް އެއާޕޯޓެއް ތަރައްގީ ކުރުމަށް ހަވާލުކޮށްފި
ތިނަދޫ ސިޓީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރަން ބަޔަަކާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިހާރު އެ ސިޓީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެެއިން އޮތް ހާއްސަ ރަސްމިއްޔާތެެއްގައެވެ.

ތިނަދޫ ފަޅު ހިއްކައިގެން ބައިނަލްއަގުވާމީ އެއާޕޯޓެއް ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ތައިލޭންޑުގެ ޕޭން ޕެސިފިކް ކުންފުންޏާ އެވެ. 

އެ މަޝްރޫއުގެ ތެރެއިން އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭވަރުގެ ރަންވޭއެއް ތަރައްގީ ކުރަން ނިންމާފައިވާއިރު ޕްރެމިއަމް ފްލައިން ތަރައްގީކުރާނެއެވެ.

އައި ކާގޯ ހިދުމަތްތައް ގާއިމްކޮށް ސީޕްލޭން ހަބެއް ގާއިމްކުރަން ނިންމާފަވެއެވެ.

އެ މަޝްރޫއުގެ ތެރެއިން 2،000 އެނދު ހިމެނޭ ގޮތައް 12 ރިސޯޓެއް ކޮންޓްރެކްޓަރު ތަރައްގީކުރާނެއެވެ.

ސަރުކާރުން މި މަޝްރޫއަށް އެއްވެސް ހަރަދެއް ނުކުރާނެކަމަށާއި، ހުރިހާ ހަރަދެއްވެސް ކުރާނީ އިންވެސްޓަރުކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއެވެ. 

މި މަޝްރޫއަށް 400-600 މިލިއަން ޑޮލަރު އިންވެސްޓްކުރެވިގެންދާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް