ads
ތޮއްޑޫގައި މާރާމާރީއެއް ހިނގައި މީހަކަށް އަނިޔާވެއްޖެ
އއ. ތޮއްޑޫ ޑައިވް ސެންޓަރެއްގައި ހިނގި މާރާމާރީއެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ އިއްޔެގެ ވަގުތެއްގައި ތޮއްޑޫ ޑައިވް ވިލާ ސެންޓަރުގައި މަސައްކަތްކުރާ ރަޝިޔާ މުވައްޒަފަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށެވެ. އަދި އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އިއްޔެ 18:30 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

މި މާރާމާރީގައި އަނިޔާވީ އުމުރުން 42 އަހަރުގެ މީހަކަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި ތޮއްޑޫ ހެލްތް ސެންޓަރުގައި ފަރުވާ ދިނުމަށްފަހު މިހާރު އޭނާ ދޫކޮށްލާފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް