ads
އުރީދޫ "މޫލީ ރޯދަ ސޭލް" ފަށައިފި
ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އާންމުކޮށް ވިޔަފާރި ކުރާ ތަކެތި ފަސޭހަކަމާއެކު އޮންލައިންކޮށް ލިބޭ އުރީދޫ މޫލީ ރޯދަ ސޭލް ފަށައިފި އެވެ

މި ސޭލް ރޯދަމަސް ނިމެންދެން ކުރިއަށްދާނޭ ކަމަށާއި ގަންނަ ކޮންމެ އައިޓަމެއްވެސް ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް މުޅިން ހިލޭ ޑެލިވަރކޮށްލަދޭނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެ އެވެ.

ރޯދައަށް ބޭނުންވާ ތަކެތި ހިމެނޭ ސޭލް ސެކްޝަނުގައި ފަރުނީޗާ، މަރޮށި ދިޔާހަކުރު، އެޑިއުކޭޝަނަލް މުސައްލަ، ރާއްޖޭގައި ރޯސްޓުކުރާ ކޮފީ، ނަޓް ބަޓާސް އަދި  ރާއްޖޭގައި ހައްދާފައިވާ ތަރުކާރީ ފަދަ އެތަކެއް އައިޓަމެއް މޫލީ އިން ފަސޭހަ ކަމާއި އެކު ލިބިގެންދާނެ ކަމަށް އުރީދޫންއިން ބުނެ އެވެ. 

އެކި ރޭންޖުގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ މި ޕްރޮޑަކްޓްތަކަކީ އިތުބާރު ހިފޭ މާޗަންޓުން ޕްލެޓްފޯމްގައި ފީޗާ ކޮށްފައިވާ ޕްރޮޑަކްޓުތަކެއް ކަމަށާއި މޫލީ ޓީމުން ކުރިއަށް އޮތްތަނުގައި ގިނަ މާޗަންޓުންނާއިއެކު އިތުރު ޕްރޮޑަކްޓްތައްވެސް ފެނިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ކުންފުނިން އިތުރަށް ބުނި ގޮތުގައި ރޯދަ މަހަކީ އެއްބައިވަންތަކަން ދިރުވާ އާލާ ކުރާ މަހަކަށްވުމުން އާއިލާ އާއި ރައްޓެހިންނާއިއެކު ގުޅުން ބަދަހި ކުރުމަށް ވަގުތު ހޭދަ ކުރުމަކީ ދިވެހިން ގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި ގޭތެރެ ޒީނަތްތެރިކޮށް ބަދިގެއަށް ބޭނުންވާ ސާމާނު ހަމަކޮށް އާކުރުމަކީވެސް ރޯދަ މަހައް ތައްޔާރުވުމުގެ ބޮޑު ބަޔެއް ކަމަށެވެ. 

މި ސޭލް އާއި ގުޅޭ އިތުރު މައުލޫމާތު މޫލީގެ ވެބް ސައިޓުން ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް