ކުރީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ މައްސަލަ އޭސީސީން ބަލަނީ
ނަސްރުﷲ މުހައްމަދު ރަޝީދު
22 ފެބްރުއަރީ 2024 - 23:35:59
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ފަރާތްތަކުގެ މައްސަލަ ބަލަމުންދާކަން އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އން ހާމަކޮށްފި އެވެ.
އޭސީސީން ބުނީ ސިޔާސީ މަގާމުތަކުގައި ކުރީގައި ތިއްބެވި ބައެއް މީހުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ސަރުކާރުގެ ބައެއް ކުންފުނިތައް މެދުވެރިކޮށް ނާޖާއިޒު ގޮތުގައި މަންފާ ހޯދާފައިވާކަމަށް ބުނެ އެކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކެއް ބަލަމުންދާކަމަށެވެ.
ނަމަވެސް އެ ކޮމިޝަނަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައެއްގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެެވެ.
އޭސީސީން މިހެން ބުނެފައިވާއިރު މިއަދު އެ ކޮމިޝަނުން ވަނީ އެސްޑީއެފްސީގެ އޮފީހަށް ވަދެ އެތަން ބަލާ ފާސްކޮށްފައެވެ.
އެނގިފައިވާ ގޮތުގައި އޭސީސީއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ކުރީ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިންނާ، ވެރިކަން ކުރި ޕާޓީގެ މަޖިލިސް މެމްބަރުން ވެސް ހިމެނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް