ހައުސިން މިނިސްޓްރީން ބުނީ ބައު ޖަމާލުއްދީން ބިމުގެ ބައެއްގައި ހަދާ އަންޑަރ ގްރައުންޑް ޕާކިންގ ފެސިލިޓީ އާއެކު ހިތްފަސޭހަ މައިދާނެއް ހަދާނެކަމަށެވެ. އަދި މިކަމުގެ ޕްލޭން ރޭ އާޢްމުކޮށްފައިވާކަމަށް އެ ވުޒާރާއިން ބުނެއެވެ.
ހައުސިން މިނިސްޓްރީން ބުނީ ސަރުކާރުގެ ހަފްތާ 14 ގައި ހިމެނޭ މި ޕްލޭން އާއްމުކުރީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކޮށްކަމަށެވެ.
ބައު ޖަމާލުއްދީން ބިމުގައި ހަދާ ޕާކިންގެ ޕްލޭން އާއްމުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
މިކަމަށް ރޭ ބައު ޖަމާލުއްދީން ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްލޭން އާއްމުކޮށްދެއްވީ ހައުސިން މިނިސްޓަރ ޑރ އަލީ ހައިދަރެވެ. މި ރަސްމިއްޔާތުގައި މާލޭ ސިޓޫން ކައުންސިލްގެ މޭޔަރޕު އާދަމް އާޒިމްވެސް ބައިވެރިވެޑައިގަތެވެ.