ads
ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް ތަރައްގީކުރާ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން އާންމުކޮށްފި
މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިނުމުގެ ބޭނުމުގައި ތަރައްގީކުރަމުންދާ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން މިއަދު އާންމުކޮށްފި އެވެ.

ގުޅީފަޅި ތަރައްގީކުރާ ލޭންޑް ޔޫސް ޕްލޭންގައި، ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހަައުސިންނަށް ބޮޑު ސަރަހައްދެއް ކަނޑައަޅާފައި ވާއިރު ސިޓީގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނޭ ހިދުމަތް ފޯރުކޮށްދިނުމަށް ވެސް ބިން ކަނޑަ އަޅުއްވާފައި ވެއެވެ. މިގޮތުން ތައުލީމީ ހިދުމަތާއި ސިއްހިީ ހިދުމަތުގެ އިތުރުން، އިންޑަސްޓްރިއަލް މަސައްކަތަށާއި ސިޓީ ހޮޓާތައް ތަރައްގީ ކުރުމަށް ވަކި ސަރަހައްދުތައް ކަނޑައެޅިފައި ވެއެވެ.

މީގެ އިތުރުން އިގްތިސާދީ މަސައްކަތްތަކަށް ހާއްސަ ސަރަައްދުތަކެއް ކަނޑައަޅާފައި ވާއިރު ހޯލްސޭލް ވިޔަފާރިއާއި ރީޓެއިލް ވިޔަފާއި އަށް ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅާފައި ވެއެވެ. އެގޮތުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ހާއްސަކޮށް ސިޓީ ހޮޓާ ތަރައްގީކުރުމަށް ވެސް ވަނީ ކަނޑައެޅިފަ އެވެ.

your imageގުޅީފަޅު -- ފޮޓޯ: އެޗްޑީސީ

ހަމައެހެންމެ ގުޅީފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަ ޕާކުތަކާއި، ކުޅިވަރުކުޅޭ ސަރަހައްދުތައް ތަރައްގީ ކުރުމަށްވެސް ޕްލޭން ގައި ކަނޑައެޅިފައި ވެއެވެ. އަދި ގުޅީފަޅާއި މާލެ، ތިލަމާލެ ބުރިޖުން ގުޅާލާފައި ވުމަކީވެސް ގުޅީފަޅުގައި އާބާދުވާ ފަރާތްތަކަށް ލިބޭނެ ބޮޑު ފަސޭހައެކެވެ.

ގުޅީފަޅު ހިއްކުމަށް ނިމިދިޔަ ސަރުކާރުން ފެށި މަޝްރޫއުގެ ދަަށުން ހިއްކަންޖެހޭ 150 ހެކްޓަރުގެ ތެރެއިން މިހާތަނަށް 100 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ.

ކުރީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް" އާއި "ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ގުޅީފަޅުން މަދުވެގެން 2000 ގޯތި އޮތީ ދޫކޮށްފައެވެ. ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން އާންމުކޮށްފައިވާއިރު، މި ތަނަކީ ކުރިއަށް އޮތްތަނުގައި ތިލަމާލެ ބްރިޖާއެކު ވެރިރަށް މާލެއާ ގުޅޭނެ ރަށެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް