ads
ޔުނައިޓެޑުގެ ޖޯޒީގައި ހޮއިލަންޑް
ހޮއިލަންޑަށް އަނިޔާާވެ ތިން ހަފްތާއަށް ކުޅުމާ ދުރަށް
މެންޗެސްޓަރ ޔުނައިޓެޑުގެ ޒުވާން ފޯވާޑު ރަސްމުސް ހޮއިލުންޑަށް އަނިޔާވެ، ތިން ހަފްތާއެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

އަނިޔާއާ ގުޅިގެން ކުޅުމާ ދުރަށްދާން ޖެހުނު އިރު، ހޮއިލަންޑް ހުރީ ރަނގަޅު ފޯމެއްގައެވެ. އޭނާވަނީ އެންމެ ފަހުން ކުޅުނު ހަ މެޗުގައި ލަނޑު ޖަހާފައެވެ. 

އަނިޔާގެ ސަބަބުން ހޮއިލަންޑަށް ހޮނިހިރު ދުވަހު ލީގުގައި އަމިއްލަ ދަނޑުގައި ފުލަމްއާ ދެކޮޅަށް ކުޅޭ މެޗާއި އެފްއޭކަޕްގެ ފަސްވަނަ ބުރުގައި ކުޅޭ މެޗުގައި ނުކުޅެވޭނެއެވެ.

ހޮއިލަންޑަށް އަނިޔާވިޔަސް އަނިޔާ ސީރިއަސް ނޫން ކަމަށް ޓެން ހޭގާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. ހޮއިލަންޑްވަނީ ޔުނައިޓެޑު އެންމެ ފަހުން ކުޅުނު މެޗުގައިވެސް ދެ ލަނޑު ޖަހާފައެވެ. އެއާއެކު އޭނާވަނީ ލީގުގައި ޖެހިޖެހިގެން ހަ މެޗުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. މި ރެކޯޑް ކުރިން އޮތީ، 2021 ވަނަ އަހަރު ނިއުކާސަލް ޔުނައިޓެޑަށް ކުޅުނު ޖޯ ވިލޮކް އަތުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް