ads
ރާއްޖެއަށް އައި ފަތުރުވެރިންތަކެއް: އަހަރުގެ މިހާތަނަށް 822,723 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައި، މިއީ 11 އިންސައްތައިގެ އިތުރުވުމެއް - ފޮޓޯ:ޓްރެވެލް ޓްރޭޑް މޯލްޑިވްސް
އަހަރުގެ މިހާތަނަށް 822,723 ފަތުރުވެރިން، 11 އިންސައްތައިގެ އިތުރުވުމެއް
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އަށް ލައްކައިން މައްޗަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން:

  • މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ޖުމްލަ 822,723 ފަތުރުވެރިން ވަނީ އައިސްފައި
  • މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައި ވަނީ 735,374 ފަތުރުވެރިން
  • މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 11.9 އިންސައްތައިގެ ކުރިއެރުމެއް

މި މަހުގެ ފުރަތަމަ 11 ދުވަހު 50,072 ފަތުރުވެރިން ވަނީ އައިސްފަ އެވެ. އަހަރުގެ މިހާތަނަށް އެވްރެޖުކޮށް ދުވާލަކު 6,233 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެ އެވެ. މި މުއްދަތުގައި އައި ފަތުރުވެރިން އެވްރެޖްކޮށް 7.8 ދުވަސް ރާއްޖޭގައި ހޭދަކޮށްފައިވެ އެވެ.

އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ގައުމުތަކަކީ:

  • ޗައިނާ - 91,073 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 11.1 އިންސައްތަ)
  • ރަޝިއާ - 83,219 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 10.1 އިންސައްތަ)
  • އިނގިރޭސިވިލާތް - 78,961 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 9.6 އިންސައްތަ)
  • އިޓަލީ - 72,739 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 8.8 އިންސައްތަ)
  • ޖަރުމަނުވިލާތް - 64,603 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 7.9 އިންސައްތަ)

މި ގައުމުތަކުގެ އިތުރުން ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާ، ފްރާންސް، އެމެރިކާ، ސްވިޒަލޭންޑް އަދި ޕޮލެންޑުންނެވެެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1,192 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 176 ރިސޯޓާއި 15 ހޮޓަލާއި 853 ގެސްޓްހައުސްގެ އިތުރުން 148 ސަފާރީ ހިމެނެ އެވެ. މި ތަންތަނުން ޖުމްލަ 62,491 އެނދު އޮޕަރޭޓްކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް