ގްރީންވޭވްގެ ދަރިވަރުން ދަނީ ރޯދަޔަށް ހާއްސަކޮށްގެން ކަރާގެ އިތުރުން ކިއުކަމްބާ ވެސް ހައްދަމުންނެވެ. އެ މަސައްކަތް ކުރިއަށްދަނީ ތޮއްޑޫ ސްކޫލްގެ ގޯތިތެރޭގައި އެކަމަށް ކަނޑައަޅާފައިވާ ސަރަހައްދުގަ އެވެ.
ދަރިވަރުން ކުރަމުންދާ މި މަސައްކަތުގައި، ސްކޫލްގެ ޕްރިންސިޕަލް އާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިން ވެސް ދަނީ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މިއީ ތޮއްޑޫ ސްކޫލްގެ ދަރިވަރުން މި މަސައްކަތް މިހާ ފުޅާކޮށް ކުރާ ފުރަތަމަ ފަހަރު ކަމުގައި ވީއިރު، އެ ދަރިވަރުން ހެއްދި ވެޔޮތަކުގައި މިހާރު ކަރާ އާއި ކިއުކަމްބާ އަޅަން ފަށާފައިވާކަން ފާހަގަ ކޮށްލެވެ އެވެ. އަދި ތޮއްޑޫ ސްކޫލުން ރާާފައިވަނީ ދަރިވަރުންގެ މި މަސައްކަތުގައި ހައްދާ ކަރާ އާއި ކިއުކަމްބާ ރޯދަ މަހާ ދިމާކޮށް ބާޒާރަށް ނެރުމަށެވެ.
މިއީ ޒަމާނުއްސުރެ އެ ރަށުގައި ކުރަމުން އަންނަ ދަނޑުވެރި މަސައްކަތަށް ދަރިވަރުން ލޯބި ޖެއްސެވުމާއި މަސައްކަތްތެރި ދަރިވަރުން ތަކެއް ނެރުމުގެ މަގުސަދުގައި ފަށާފައިވާ ޕްރޮގްރާމެކެވެ.
ތޮއްޑޫ ފާހަގަ ވެފައިވަނީ މުޅި ރާއްޖޭގައި ވެސް ކަރާ ހެއްދުމުގެ މަސައްކަތް އެންމެ ވަރުގަދަ ރަށުގެ ގޮތުގަ އެވެ. އެގޮތުން ކޮންމެ އަހަރެއްގެ ރޯދަމަހުގައި ވެސް އެރަށު ދަނޑުތަކުން ގިނަ އަދަދެއްގެ ކަރާ ދަނީ ބާޒާރަށް ނެރެމުންނެވެ.