މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން އެނގޭ ގޮތުގައި ފަރުކޮޅަށް ދަތުރު ދިޔަ ބަޔަކަށް އެ ކިނބޫ ފެނުމާއެކު އެ މީހުން އޭތި ހިފަން މަސައްކަތް ކުރި އެވެ.
އެ ރަށުގެ ހޭޅިފަށުގައި އޮތް 10 ވަރަކަށް ފޫޓުގެ އެ ކިނބޫ ހިފަން އެ މީހުން މަސައްކަތް ކުރަނިކޮށް ކުއްލިއަކަށް އޭތި ދުވެފައި މޫދަށް ފައިބާތަން ވެސް އެ ވީޑިއޯއިން ފެނެ އެވެ.
އެ ކިނބޫ ފެނުމުން އެކަން ފުލުހުންނަށް ރިޕޯޓްކޮށް، ފުލުހުންގެ އެހީތެރިކަމާއެކު މިހާރު އޭތި ހިފާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު ދ. އަތޮޅު ކަނޑިންމަ ރިސޯޓުގެ ފުއްޓަރު ކައިރިން ވެސް ނުވަ ފޫޓުގެ ކިނބުލެއް ފެނިގެން އެމްއެންޑީއެފުން ވަނީ އޭތި ހިފާފަ އެވެ.