ads
ފިޓް މޯލްޑިވްސް އެޕް ލޯންޗް ކޮށްފި
ކުޅިވަރާއި ކަސްރަތުގެ ދާއިރާއިން ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކާއި ކުލަބު ޖަމިއްޔާތަކާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ހާއްސަ ފިޓް މޯލްޑިވްސް އެޕްލިކޭޝަން ލޯންޗްކޮށްފިއެވެ.

ފިޓް މޯލްޑިވްސް އެޕްލިކޭޝަނުގެ މަސައްކަތް ކުރިއަށްދާ ކަމަށް ކުޅިވަރާއި، ހަށިހެޔޮކަމާއި ބެހޭ ވަޒީރު ރާފިޢު ހާމަ ކުރެއްވީ މިދިޔަ މަހުގެ ތެރޭގައެވެ. ކުޅިވަރާއި ކަސްރަތުގެ ދާއިރާއިން ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކާއި ކުލަބު ޖަމިއްޔާތަކާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ހާއްސަ ފިޓް މޯލްޑިވްސް އެޕްލިކޭޝަން ހުރިހާ ދިވެހިންނަށް ހިލޭ ބޭނުންކުރެވޭނެކަން މިކަމާ ގުޅޭ ގޮތުން ކުރިން ވާހަކަ ދައްކަވަމުން ވަޒީރު ފާހަގަކުރެއްވިއެވެ.

ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައަކަށް ބާރުއެޅުމަށް އެހީވެދޭ މުހިންމު 'ފިޓް މޯލްޑިވްސް' އެޕްލިކޭޝަން ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި މަރިޔަމް ވަހީދާ އެވެ.

'ފިޓް މޯލްޑިވްސް' އެޕްލިކޭޝަން އިފްތިތާޙުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅިވަރުގެ އެކި ދާއިރާގެ ހިދުމަތްތެރިންގެ އިތުތުން، ފިޓްނަސް ސެންޓަރުތައް ހިންގާ ފަރާތްތަކުންވެސް ބައިވެރި އެވެ.

މިއަދު ނެރުނު އެޕްލިކޭޝަންގައި ކެއުމުގެ ޕްލޭންތަކާއި، ކަސްރަތުގެ ތަފްސީލްތަކާއި، ފިޓްނަސް ސެންޓަރުތަކާއި، ޓްރެއިނަރުންގެ ތަފްސީލްތައްވެސް ހުންނާނެ އެވެ. މިގޮތުން ކުޅިވަރާއި ކަސްރަތުގެ ރަނގަޅު އާދަތާކާއި، ރަނގަޅު ގޮތްތަކާއި، ކަސްރަތު ތާވަލާއި، އެހެނިހެން އިލްމީ މައުލޫމާތުވެސް ހިމެނިފައިވާނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް