ads
ކުޅިވަރު ވަޒީރު އަރިހުގައި ކޮމިޝަނަރު އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް
އެންމެ ބޮޑެތި ކުޅިވަރު މުބާރާތްތައް ހޯސްޓްކުރުމުގެ އަމާޒެއް
ރާއްޖޭގައި ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި އެންމެ ބޮޑެތި ކުޅިވަރު މުބާރާތްތައް ހޯސްޓް ކުރުމުގެ ދުރު ރާސްތާ އަމާޒެއް ހިމެނޭހެން، ކުޅިވަރުގެ މާސްޓަރ ޕްލޭން އެކުލަވައިފިއެވެ.

ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށް އެކުލަވާލާފައިވާ ކުޅިވަރު ކުރިއެރުވުމުގެ ދުރު ރާސްތާ އެކުލެވެނީ މައިގަނޑު ހަ ދާއިރާއެއްގެ މައްޗަށެވެ. މިއިން ކޮންމެ ދާއިރާއެއްގެ ތެރެއިން ސްޕޯޓްސް މިނިސްޓްރީ އާއި އެހެން އިދާރާތައް ގުޅިގެން ކުރަން ޖެހޭ މަސައްކަތާއި އެކަށައަޅަން ޖެހޭ ސްޓްރެޓިޖިކް ޕްލޭންތަކަކީ ކޮބައިކަން ވަނީ އެކުލަވާލެވުނު ޑްރާފްޓްގައި ފާހަގަކޮށްފަ އެވެ.

އެ ޕްލޭންގެ އެންމެ ފުރަތަމަ ދާއިރާއަކީ ސްޕޯޓްސް އެޑިއުކޭޝަން އެވެ. އޭގެ ތެރެއިން ކޯޗުންނާއި ކުޅިވަރުގެ ޓެކްނިކަލް އެހެން ދާއިރާތަކުގެ މީހުން ތަމްރީނު ކުރުމުގެ އިތުރަށް ދިވެހި ކުޅިވަރުގެ ހިންގުންތެރިން ތަމްރީނު ކުރުމުގެ ގޮތުން ސްޕޯޓްސް އެޑްމިނިސްޓްރޭޓަރުންގެ އެޑީއުކޭޝަނަލް ޕްރޮގްރާމްތައް ވެސް ހިންގުމަށް ޕްލޭންގައި ހިމަނާފައިވެ އެވެ.

ދެވަނަ ދާއިރާއަކީ ކުޅިވަރު އެސޯސިއޭޝަންތައް ބާރުވެރިކޮށް ހިންގުން ހަރުދަނާ ކުރުމެވެ. އޭގެ ދަށުން އެސޯސިއޭޝަންތަކާއި ކްލަބްތައް ހިންގުން ގުޑް ގަވަނަންސާއި ޓްރޭންސްޕޭރެންޓް ސިސްޓަމަކަށް ބަދަލު ކުރެވޭނެ ކަންތައްތަކެއް ކުރަން ހިމަނާފައި ވެއެވެ. އަދި އެސޯސިއޭޝަންތަކުގެ ހަރަކާތްތައް އަތޮޅު ތެރެއަށް ފުޅާކުރުން ހިމެނެއެވެ.

ކުރިއަށް އޮތް 20 އަހަރު ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގެ ދުރު ރާސްތާ ޕްލޭން ލޯންޗްކޮށްދެއްވީ، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް