ads
ގައުމެއްގެ ކުރިއެރުމުގައި ދެޖިންސުގެ ހިއްސާ އެއް ހަމައެއްގައި ހުރުން މުހިންމު: ފަސްޓްލޭޓީ
މުޖުތަމަޢެއްގެ ނުވަތަ ގައުމެއްގެ ކުރިއެރުމުގައި އަންހެނުންނާއި ފިރިހެނުންގެ ހިއްސާ އެއް ހަމައެއްގައި ހުރުން ވަރަށް މުހިންމު ކަމަށް ރައީސްގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ އަހަރީ ޢާންމު ޖަލްސާ 2023 ގައި ވާހަކަ ދައްކަވަމުން ސާދިޖާ ވިދާޅުވީ އެގޮތުގައި ކުރިއަށްދިއުމަށް އަންހެނުންނަށް ތަފާތު ހުނަރުތަކާއި ތަމްރީނުތައް ލިބެންޖެހޭކަމަށެވެ.

ފައިސާގެ ބަދަލެއް ނެތި ހަމައެކަނި އިންސާނިއްޔަތަށްޓަކައި ވަގުތުތައް ހުސްކުރުމަކީ ވަރަށް މަތީ ދަރަޖައިގެ އިންސާނީ ގުރުބާނީއެއްކަމަށް ސާދިޖާ ވިދާޅުވި އެވެ.

ގަރލް ގައިޑުގެ ހަރަކާތުން ދަސްކޮށްދޭ ހުނަރުތަކާއި، އިލްމުތަކާއި، އަށަގަންނަ ކެރުމާއި، ހިތްވަރާއި މުރާލިކަމުގެ ނަތީޖާއަކީ، މިއަދުވެސް ރާއްޖޭގެ ޒިންމާދާރު، މަތީ ފެންވަރުގެ އެތައް މަގާމެއްގައި ތިބީ ގާލް ގައިޑު އެސޯސިއޭޝަނުގެ ދަސްވެނިވެފައިވާ ފަރާތްތައް ކަމަށްވުން ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

your imageމޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ އަހަރީ ޢާންމު ޖަލްސާ 2023ގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވުމުގެ ތެރެއިން 

ސާޖިދާ ވަނީ އަންހެނުން ބާރުވެރިކުރުވުމަށާއި ހުރިހާ ކަމެއްގައިވެސް އަންހެނުންގެ ދައުރު ހިމެނުއްވުމަށް މިސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ހިފެހެއްޓުމަށާއި، ގައުމުގެ އަންހެން ދަރިންނާއެކު ސާބިތުވެ ހުންނަވާނެކަމަށް ވިދާޅުވެފަ އެވެ.

މި ޖަލްސާގައި ސާޖިދާ ވަނީ ގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނާގެ ސެޓްފިކެޓާއި އޭޝިއާ ޕެސިފިކް ރީޖަނަލް އެވޯޑް އަދި ޓްރެއިނާސް ލެވެލްގެ ބްރޮންޒް ޕާމް ލިބިވަޑައިގެންނެވި ފަރާތްތަކަށް ހަނދާނީ ލިޔުމާއި ބެޖް ހަވާލުކޮށްދެއްވާފަ އެވެ.

މިޖަލްސާގައި ގަރލް ގައިޑް އެސޯސިއޭޝަންގެ 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، މާލީ ބަޔާން އިއްވުން އަދި 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އިއްވުން އޮތެވެ. އަދި ގަރލް ގައިޑް އެސޯސިއޭޝަންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑަށް ހަނދާނީ ފިލައެއް އެރުވުންވެސް މި ޖަލްސާގައި އޮތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް