ads
އާ ސަހަރާ މިސްކިތުގެ މަސައްކަތައް ދާ ގޮތް އާޒިމް ބައްލަވާލައްވަނީ
ރޯދައިގެ ކުރިން އާ ސަހަރާ ބޭނުން ކުރެވޭނެ: މޭޔަރު
ރޯދައިގެ ކުރިން އާ ސަހަރާ ބޭނުން ކުރަން ފެށޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މޭޔަރު ވިދާޅުވީ އެ ތަނުގައި މިހާރު ކުރަމުން އަންނަނީ ސަހަރާގެ ސްޓަރަކްޗާގެ މަސައްކަތް ކަމަށާއި ކައުންސިލްގެ ވިސްނުމަކީ ވީހާވެސް އަވަހަކަށް އެކަން ނިންމޭނެ ގޮތެއް ހޯދުން ކަމަށެވެ.

އެ މަސައްކަތް 4.9 މިލިއަން ރުފިޔާއަށް އޭރު ހަވާލުކުރީ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. ނަމަވެސް، އެއް މަސް ދުވަހަށް ހަވާލުކުރި މަސައްކަތް ނުނިމި ދިގުލައިގެން ދާން ފެށުމުން ކައުންސިލުން އެ އެއްބަސްވުން ބާތިލުކުރީ އެވެ. އެކަމަކު، އޭރު އޮތީ އެ ކުންފުންޏަށް 3.6 މިލިއަން ރުފިޔާ ދީފަ އެވެ.

އެ މަޝްރޫއު މިހާރު ހަވާލުކޮށްފައި ވަނީ ބީސިކްސް އިންވެސްޓްމަންޓަށް 4.6 މިލިއަން ރުފިޔާ އަށް ހަވާލުކޮށް ސްޓަރްކަޗާގެ ކުރެހުންތަކާ އެކު، ގިނަ ބަދަލުތަކެއް ޕްލޭނަށް ގެނެސްފައިވެ އެވެ.

މަޝްރޫއު ބާތިލު ކުރި އިރު، ފުރަތަމަ އޮތް ޕްލޭންގެ 76 ޕަސެންޓް ވަނީ ނިމިފަ ނަމަވެސް  ފަހުން ގެނައި ބަދަލުތަކާ އެކު، މަޝްރޫއުގެ ނިމިފައި ވަނީ އެންމެ 45 ޕަސެންޓު ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.

އާ ސަހަރާ މަރާމާތުކުރާތީ ޖަނާޒާ އާއި މީހުން ވަޅުލަނީ ވެސް ހުޅުމާލޭގެ އެވެ.

އާ ސަރަހަރާ އަށް ދާ މީހުން މަޑުކުރާނެ ޖާގަ އިތުރު ކުރުމަށްޓަކައި ބައެއް ތަންތަން ތަޅާލައި، ދެ ބުރީގެ އިތުރު އިމާރާތެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް