ads
ޗައިލްޑް ސޭފްގަރޑިން އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވޯކްޝޮޕް ފަށައިފި
ދިވެހި ފުލުހުންގެ ހިދުމަތުގެ ރީޖަން ކޮމާންޑަރުންނާއި އަތޮޅު ކޮމާންޑަރުންނަށް ހާއްސަކޮށްގެން ”ޗައިލްޑް ސޭފްގަރޑިން އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވޯކްޝޮޕް”ފަށައިފި އެވެ.
Advertisement

އާދަމް ހަލީމް އިންވެސްޓިގޭޝަން ބިލްޑީންގގައި މިއަދު ފެށި މި ވޯކްޝޮޕަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕުގައި، ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަންކަމާއި އިޖުރާއަތްތައް އޮންނަގޮތާއި ކުޑަކުދިންނަށް ކުރާ އަނިޔާ އަދި ކުށްކުރާ ކުދިންނާއި ގެވެށި އަނިޔާގެ މައްސަލަތަކަށް ހެދިފައިވާ ގާނޫނުތައް ބޭނުންކުރާނެ ގޮތްތައް ކިޔައިދިނުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން، މައްސަލަތަކުގައި ޝާމިލުވާ ކުޑަކުދިންނާއި ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ އާއިލާތަކާއި ކުށުގެ ވެށިން ގެނެވޭ ކުޑަކުދިންނާއި އަންހެނުންނާ މުއާމަލާތުކުރާނެ ގޮތްތައް ކިޔައިދިނުމަށް ހަމަޖެހިފައިވެ އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ވޯކްޝޮޕުގައި މިއަދު ކުރިއަށް ގެންދަނީ ”ޗައިލްޑް ސޭފްގަރޑިން ވޯކިންގ ޓުގެދަރ” އެވެ. މި ވޯކްޝޮޕްގެ ތެރެއިން މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޔުނިސެފްގެ ފަރާތުން ކުރިއަށްގެންދާ އިބަމަ ޓްރެއިނިންގ ސެޝަންތަކެކެވެ.

ރީޖަން ކޮމާންޑަރުންނާއި އަތޮޅު ކޮމާންޑަރުން، ސުޕްވައިޒަރީ ލެވެލްގައި އަމަލުކުރަންޖެހޭ ގޮތްތަކާ ގުޅޭގޮތުން ކުރިއަށްގެންދާ މި ވޯކްޝޮޕުގައި 29 ފުލުހުން ބައިވެރިވެ އެވެ.

މި ތަމްރީނު ޕްރޮގްރާމް ޔުނިސެފްގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ރިޕްރެސެންޓޭޓިވް އެޑްވާޑް އެޑާއައީ ބައިވެރިވެވަޑައިގެންނަވާނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ޕްރޮގްރާމްގެ ސަބަބުން ކުޑަ ކުދިންނާއި ރައްޓެހި ފުލުސް އޮފީސްތައް ބިނާ ކުރުމަށް އެހީތެރި ވެވިގެންދާނޭ ކަމަށެވެ. މީގެ އިތުރުން އެ ކުދިންނައް ފުލުސް އޮފީސްތަކަކާއި އެ ކުދިންނައް ރައްކާތެރިކަން ދޭނެ، އަދި އިހްތިރާމް ލިބިގެންދާނެ ފަދަ ތަނެއްގެ ގޮތުގައި ބައްޓަން ކުރުމަށް އެހީތެރިކަން ލިބިގެން ދާނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް