މިއަދު ފެށި މި ޕްރޮމޯޝަން ކުރިއަށްގެންދަނީ އަށް ހަފުތާއަށް ބަހާލައިގެންނެވެ. މި ޕްރޮމޯޝަންގެ ތެރެއިން ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ މީހަކަށް އަގުހުރި އިނާމެއް ހަދިޔާ ކުރުމަށް ބީއެމްއެލްއިން ވަނީ ނިންމާފަ އެވެ.
ބީއެމްއެލް މޮބައިލް އެޕްގައި ހިމެނޭ ސްކޭން ޓު ޕޭ ފަންކްޝަން ބޭނުންކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު އެ ބޭންކުން މިހާރު ވަނީ ކަސްޓަމަރުނަށް ހުޅުވާލައިފަ އެވެ.
މި ޕްރޮމޯޝަންގެ އިމާނުތަކުގެ ގޮތުގައި ފިލިޕްސް އެލް އީޑީ 75 އިންޗީގެ ޓީވީ، ހިޓާޗީ އައިސް އަލަމާރި، މައިކްރޯވޭވް އަވަން، އެއާ ފްރަޔާ އަދި ޕްލޭސްޓޭޝަން 5 ވަނީ ކަނޑައަޅާފަ އެވެ.
ސްކޭން ޓު ޕޭ ބޭނުންކޮށްގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭ މި ޕްރޮމޯޝަން ކުރިއަށްދާނީ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.