ads
ހިޔާގެ ފްލެޓްގެ އެޕާޓްމަންޓަކުން ދުން އަރާތީ ސިފައިން ހަރަކާތެރިވަނީ
ހިޔާގެ ފްލެޓްގެ އެޕާޓްމަންޓަކުން ދުން އަރާތީ ސިފައިން ހަރަކާތެރި ވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ހިޔާ ފްލެޓުގެ 4 ވަނަ ޓަވަރުގެ 4 ވަނަ ފްލޯގެ 11 ވަނަ އެޕާޓްމަންޓުން ދުށް އަރަމުން ދާތީ އެ ސަރަހައްދުގައި ސިފައިންނާއި ފަޔާ އެންޑް ރެސްކިއުއިން ވަނީ މިއަދު ހެދުނު ހަރާކާތްތެރި ވެފައި އެވެ.

އެ އެޕާޓްމަންޓުގައި އެވަގުތު މީހުން ނުޅޭ ކަމަށާއި އެ އެޕާޓްމަންޓް ދިރިއުޅޭ މީހުން އެ ވަގުތުވީ ވަޒީފާއަށް ގޮސްފައިކަމަށް މަންޒަރު ދުށް މީހަކު ސީއެންއެމް އަށް ކިޔާ ދިނެވެ.

އެ އެޕާޓްމަންޓުގެ ކުޑަދޮރު ހަލާކުކޮށްލައިގެން އެޕާޓްމަންޓަށް ސިފައިން ވަދެ ބެލި އިރު ދުން އަރަމުން ދިޔައީ އުދުން މައްޗަށް ކައްކަން އުދާފައި ހުރި ތެލިންކަމަށް މަންޒަރު ދުއްމީހާ ކިޔައިދިނެވެ. މި ހާދިސާގައި އިމާރާތައް އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް