ads
ސޯލިހް އެދިވަޑައިގަތީ އެންޓި ޑިފެކްޝަން ބިލު އަވަަހަށް ފާސްކުރަން
ޕާޓީން ވަކިވެއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭގޮތް ހަދަން ހުށަހަޅާފައިވާ އެންޓި ޑިފެކްޝަން ގާނޫނު މި ހިނގަމުންދާ މަޖިލީހުގެ ދައުރުގައި ފާސްކޮށް ނިންމާލަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.

ރައީސް މިހެން ވިދާޅުވީ، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ކެމްޕޭން ލޯންޗުކުރުމަށް މިރޭ އެމްޑީޕީން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގަ އެެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި، މުހާތަބު ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ، މަޖިލީހުގެ ސްޕަ މެޖޯރިޓީއާއެކު މި ހިނގަމުންދާ މަޖިލީހުގެ ދައުރުގެ ތެރޭގައި އެ ބިލު ފާސްނުކޮށްފިނަމަ ކަންކަން މިސްރާބުން ނެއްޓިގެން ހިނގައިދާނެ ކަމަށެވެ. 

”އަޅުގަނޑު އެދެނީ މިހާރުގެ މަޖިލީހުން ވެސް އެ މަސައްކަތް ކޮށްދެއްވުމަށް. ދައުރު ނިމުމުގެ ކުރިން އެ ފާސްކޮށްދެއްވުމަށް. ފާސްކޮށްދީ އެ ޔަގީންކަން ޕާޓީގެ މެމްބަރުންނަށް ހޯދައިދިނުމަށް. އެހެން ނޫނީ އަނެއްކާވެސް މި ގައުމު ފުރޮޅިގެންދާނީ މުޅިން އެހެން ދިމާއަކަށް، “ ސޯލިހް ވިދާޅުވި އެވެ.

އެ ބިލު މަޖިލީހަށް ހުށަހެޅީ، ޕާޓީގެ ޓިކެޓުގައި މަޖިލީހަށް އައުމަށްފަހު ވަކިވެގެން ނުދާނެކަން ޔަގީންކުރަން ކަން ފާހަގުރައްވާ ރައީސް ވިދާޅުވީ، އެގޮތަށް މެމްބަރުން ޕާޓީ ބަދަލުކުރުމުން ޕާޓީއަށް ވާ ދަތި މިފަހުން ވެސް ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ.

އެންޓި ޑިފެކްޝަން ގާނޫނެއް މިފަހުން އެމްޑީޕީން މަޖިލީހަށް ހުށަހެޅީ، ސަރުކާރު ބަދަލުވުމާއެކު، 12 މެމްބަރަކު ޕާޓީން ވަކިވެ ސަރުކާރާ ގުޅިފައިވަނިކޮށެވެ.

އެންޓި ޑިފެކްޝަން ގާނޫނެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެކުލަވާލި އެވެ. އެ ގާނޫނު މަޖިލީހުން އުވާލީ، ގާނޫނު އޮތްގޮތުން މެމްބަރުންނަށް ގެއްލުންވާ ކަމަށް ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް