ads
މަޖިލިސް އިންތިހާބާ ދިމާކޮށް ފުލުހުންގެ ކޮމާންޑަރުންނަށް ޕްރޮގްރާމެއް
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދިވެހި ފުލުހުންގެ ފަރާތުން، މާލެ އާއި އަތޮޅުތަކުގައި ކޮމާންޑަރުންގެ ގޮތުގައި މަސައްކަތްކުރައްވާ އޮފިސަރުންނަށް ތަމްރީން ޕްރޮގްރާމެއް ފަށައިފި އެވެ.

މަޖިލީސް އިންތިހާބު ބާއްވަން ނިންމާފައިވަނީ މާޗު 17ގައެވެ. އެކަމަކު، އެ ދުވަސް ރޯދަ މަހާ ދިމައިވާތީ ރޯދަ މަހު އިންތިހާބުތައް ނުބޭއްވޭ ގޮތަށް އިންތިހާބުތަކައިބެހޭ އާންމު ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ވަނީ އިސްލާހެއް ގެނެސްފަ އެވެ. 

އެކަމަކު، އެ ބިލު ދަސްދީގުނުކޮށް، އަނބުރާ މަޖިލީހަށް އިއްޔެ ވަނީ ފޮނުވާލައިފަ އެވެ.

އަންނަ މަހު އިންތިހާބުގެ ވޯޓުލުން އޮންނާނެ ކަމަށް ބަލާއިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި މައުލޫމާތު ދެއްވަނީ ފުލުހުންގެ މުދައްރިބުންނާއި އީސީގެ ކަމާގުޅޭ މުދައްރިބުންނެވެ. އޭގެ އިތުުރުން މި މަހު 28 ވަނަ ދުވަހު އޮންނަ ކުލާސްތަކުގައި މައުލޫމާތު ދެއްވުމަށް ހަމަޖެހިފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ. 

ފުލުހުންނާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގުޅިގެން މިއަދު ފެށި މި ޕްރޮގްރާމްގައި މަޖިލިސް އިންތިހާބާ ބެހޭ ގާނޫނާއި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު އަދި އިލެކްޝަންސްގެ ގާނޫނަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ހިއްސާކުރާނެ އެވެ.

މީގެ އިތުރުން، ކުރީގެ އިންތިހާބުތަކުގެ މައުލޫމާތާއި، ވޯޓުލުމާއި، ވޯޓު ގުނުމުގެ ހުރިހާ މަރުހަލާއެއްގައި އަމާންކަމާ އެކު ހަރަކާތްތެރިވެފައިވާ ގޮތުގެ ތަޖުރިބާތަކާއި މައުލޫމާތު ވެސް ދޭނެ އެވެ. އަދި ކުރީގެ އިންތިހާބުތަކުގައި ދިމާވެފައިވާ މައްސަލަތަކާއި އެކަންކަން ހައްލުކުރުމުގެ އިތުރުން ވޯޓުލުމުގެ ހައްގު އޮންނަ ކޮންމެ ރައްޔިތަކަށް އެ ހައްގުގެ ބޭނުން އެންމެ ފުރިހަމައަށް ކަށަވަރުކޮށް ދިނުމާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް