ads
އެމްޑީޕީން ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި
އެމްޑީޕީ، އަދާލާތު އަދި ސަން ސިޔާމް ޕާޓީން ހެދި ކޯލިޝަންގެ މައުލޫމާތު ދޭން ދެކޮޅު ހަދައި އެމްޑީޕީން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރާ ދެކޮޅަށް އެމްޑީޕީން ހައިކޯޓަށް ހުށަހެޅި މި މައްސަލައަކީ، މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ އަހަރު އާންމު ފަރުދަކު، ރިޔާސީ އިންތިހާބުގެ ތެރެއިން އެ ޕާޓީން އެމްޑީއޭއާއި އަދާލަތު ޕާޓީއާއެކު ހެދި ކޯލިޝަންގެ އެއްބަސްވުމެއްވާ ނަމަ އެ އެއްބަސްވުމެއްގެ މައުލޫމާތު ހޯދުމަށް އެދުނު މައްސަލައެވެ. މި މައުލޫމާތު ދޭން އިންފޮމޭޝަން ކޮމިޝަނަރު އެމްޑީޕީއަށް އެންގި އެވެ.

މި މައްސަލަ ހައިކޯޓަށް ބަލައި ނުގަންނަން ނިންމައި، ހައިކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބޭރުކޮށްލީ އަންގާރަ ދުވަހު އެވެ.

އަމިއްލަ ފަރުދަކު، މިކަމާ ގުޅިގެން އެމްޑީޕީން ކޯލިޝަން ހެދުމަށް ޕާޓީތަކުން ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމުގައި އެއްވެސް އުސޫލެއް އޮތްނަމަ އެ އުސޫލެއްގެ މައުލޫމާތު ދިނުމަށް ވެސް އެދިފައިވެ އެވެ. ގާނޫނުގައި މައުލޫމާތު ދިނުމަށް އޮންނަ މުއްދަތުގެ ތެރޭގައި އެ މައުލޫމާތު ނުދިނުމުން، އިންފޮމޭޝަން ކޮމިޝަނަރު މައްސަލަ ބެލުމަށް ފަހު އޮކްޓޯބަރު 2023، ގައި އެމްޑީޕީއަށް އަންގާފައިވަނީ އެ މައުލޫމާތުތައް ދިނުމަށެވެ. އެ މައުލޫމާތު ދޭން އިންކާރުކޮށް އެ ހިސާބުން އެމްޑީޕީން މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ.

ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި އެމްޑީޕީން އެ މައްސަލަ ހައިކޯޓަށް ހުށަހެޅި ފެބްރުއަރީ 14، ގައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް