ads
ތިންރަށެއްގެ ހަދަމުން އަންނަ މަގުތަކުގެ ތަފްސީލް އާރްޑީސީން އާންމުކޮށްފި
ތިންރަށެއްގެ ހަދަމުން އަންނަ މަގުތަކުގެ ތަފްސީލް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީން) އާންމުކޮށްފި އެވެ.

އާރްޓީސީން އާންމުކޮށްފައި ވަނީ ނ. ހޮޅުދޫ، މ. މުލައް އަދި އދ. މާމިގިލީ ހަދަމުން އަންނަ މަގުތަކާއި ބެހޭ މައުލޫމާތެވެ.

އާރްޑީސީން ބުނީ، މާމިގިލީގައި ކުރިއަށް ދަނީ އަމީނީ މަގުގައި ކޭބަލް އެޅުމުގެ މަސައްކަތާއި، އެ މަގުގެ ގްރޭޓިން ފްރޭމްގެ މަސައްކަތުގެ އިތުރުން ގެވެހި މަގުގައި ގްރޭޓިން ފްރޭމް ކާސްޓް ކުރުމުގެ މަސައްކަތް ކަމަށެވެ.  

އެ ކުންފުނިން ހާމަ ކުރިގޮތުގައި މުލަކުގައި މިހާރު ކުރަމުންދަނީ ހުސޭނީ މަގުގައި ސްޓޯމް ވޯޓާ ޓޭންކް އެޅުމާއި ހޮޅި އެޅުމުގެ މަސައްކަތާއި ކޭބަލް ޖަންކްޝަން ހުރަސް ހޮޅި އެޅުމުގެ މަސައްކަތް ކަމަށެވެ. 

ހޮޅުދޫގައި މިވަގުތު ކުރަމުންދަނީ، ޓިއުލިޕް ހިނގުމުގައި ޖަންކްޝަންގެ މަސައްކަތާއި އެ މަގުގެ ރިންގ ކޮންކްރީޓް ފޯމްގެ މަސައްކަތުގެ އިތުރުން އުނިމާ މަގުގައި ކާބް ސްޓޯން ޖެހުމުގެ މަސައްކަތާއި، މަދަރުސާ މަގުގައި ޕޭވިންގެ މަސައްކަތެވެ.

މާމިގިލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައި 95 މިލިއަން ރުފިޔާއަށް ކަމަށް ވާއިރު މުލަކުގެ މަގުތައް ހެދުމުގެ މަސައްކަތްކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި 106.2 މިލިއަން ރުފިޔާއަށެވެ. 

އަދި ހޮޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއަކީ 71 މިލިއަން ރުފިޔާއަށް އާރްޑީސީއާ ހަވާލުކުރީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް