އީ- ހައިކޯޓެއްގެ ތަސައްވުރެއް ގެންގުޅުއްވާކަން އިސްފަނޑިޔާރު ހުސައިން ޝަހީދު ވިދާޅުވީ ހައިކޯޓުން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ. ފަނޑިޔާރު ޝަހީދު ވިދާޅުވީ، ހައިކޯޓުގެ މަސައްކަތްތަށް ކަރުދާހުގައި ކުރުން ދޫކޮށްލައި ޒަމާނާ އެއްގޮތަށް ހައިކޯޓުގެ މަސައްކަތްތަށް ޑިޖިޓަލް ކުރަން ޖެހޭ ކަމަށެވެ.
އެންމެ ބޮޑު އުއްމީދަކީ ހައިކޯޓުގެ މަސައްކަތްތައް އީ-ހައިކޯޓެއްގެ ގޮތުގައި ފުރާފުރިހަމަވެ، އަދުލު އިންސާފު ގާއިމު ކުރުމަށް މިކުރާ މަސައްކަތް އަވަސްވެގެން ދިއުން ކަމަށްވެސް ފަނޑިޔާރު ޝަހީދު ވިދާޅުވި އެވެ.
ހައިކޯޓުގައި ހުރި ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމުމުގެ މަސައްކަތްތަކެއް އެކި ފޭސް ތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން އެ ކޯޓުން ވަނީ ދާދި ފަހުން ނިންމައިފަ އެވެ.