ads
ގަމުގެ ކުޅުންތެރިން
ޗެމްޕިއަން ގަން، ކުއާޓާ ފައިނަލަށް
ގޯލްޑަން ފުޓްސަލް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، ލ. ގަމުން މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފިއެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ލ. ގަމުން ކުއާޓާ އަށް ދަތުރުކުރީ ރޭ ކުޅުނު މެޗުގައި ހދ. ނާވައިދޫ އަތުން މޮޅުވެގެންނެވެ. ނާވައިދޫ އަތުން ގަން މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ހދ. ނައިވާދޫ އަތުން ގަން މޮޅުވީ ހަތަރު ލަނޑު ދެ ލަނޑުންނެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ޕެނަލްޓީގައި ގަމުން ހުރިހާ ޕެނަލްޓީ އެއް ކާމިޔާބުކުރިއިރު, ނައިވާދޫގެ ޔާމިން މުހައްމަދު އަދި އިސްމާއިލް ވަހީދު ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.

މި މުބާރާތުގެ ކުއާޓާގައި މަތިވެރިން ނުކުންނާނީ ލ. ގަމާއި ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް