ads
ވިލިމާލެ ޓީމުގެ ކުޅުންތެރިއެއް
ދުވާފަރު ކަޓުވާލައި ވިލިމާލެ ކުއާޓާއަށް
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރ. ދުވާފަރު ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުން ވިލިމާލެ ޓީމުން ފުރުސަތު ހޯދައިފިއެވެ.

ރ. ދުވާފަރުގެ މައްޗަށް ޕެނަލްޓީގައި 5-2 ގެ ނަތީޖާއަކުން ކުރިހޯދާ ވިލިމާލެ އިން ވެސް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަ ހޯދި މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މި މެޗުގެ ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ވިލިމާލެއިންނެވެ. މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުالله ޝައްފާން (ޝާކާ) އެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން ދުވާފަރުގެ ކެޕްޓަން މުހައްމަދު އިޝާމް (ޝަންޓެ) އެވެ. މި މެޗުގެ ޕެނަލްޓީ ޝޫޓް އައުޓްގައި ވިލިމާލޭގެ ހުރިހާ ޕެނަލްޓީ އެއް ކާމިޔާބުކުރިއިރު, ދުވާފަރުގެ އިސްމާއިލް އީސަ (މެސީ) އަދި ޝަންޓެގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް