ads
މުއައްސަސާތަކާއި ފަނޑިޔާރުންނާއި ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުނުކޮށް، ފަނޑިޔާރުންނާއި، ލޯކަލް ކައުންސިލަރުންނާއި އެހެން ބައެއް މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރަ ބޮޑު ކުރަން ފާސްކޮށްފި އެވެ.

ގާނޫނު އަސާސީގެ 102 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި އިނާޔަތްތައް މުރާޖާ ކުރީއިރު މަޖިލީހުން ފުރަތަމަ މަޝްވަރާކުރީ މަޖިލީސް މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސް އަދި މިނިސްޓަރުންގެ މުސާރަ ވެސް ބޮޑު ކުރާށެވެ.

އެކަމަކު، މެންބަރުންނާއި ރައީސްގެ މުސާރަ ބޮޑުކުރަން އުޅުމުން ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. އެފާޑުކިޔުންތަކާއިއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ވެސް ވަނީ ބޮޑުނުކޮށް މަޑުޖައްސާލައިފަ އެވެ.

މާލިއްޔަތު ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މިއަދު މަޖިލީހަށް ހުށަހެޅިއިރު، ރައީސާއި ނައިބު ރައީސް އަދި މެންބަރުންގެ ވާހަކައެއް ނެތެވެ. އެ ރިޕޯޓު ހުށަހަޅުއްވަމުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ، ޖުޑިޝަރީގެ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.

މުސާރަތަކަށް ގެނައި ބަދަލުތަކަކީ؛

  • އުއްތަމަ ފަނޑިޔާރުގެ މުސާރަ 91،000 ރ.
  • ސުޕްރީމް ކޯޓުގެ ފަނޑިޔާރުން 89،000 ރ.
  • ހައި ކޯޓު އިސް ފަނޑިޔާރުގެ މުސާރަ 70،000 ރ.
  • ހައި ކޯޓު ފަނޑިޔާރުންގެ މުސާރަ 68،000 ރ.
  • ކްރިމިނަލް ކޯޓު، ޑްރަގް ކޯޓު، ފެމިލީ ކޯޓު، ސިވިލް ކޯޓު، ޖުވެނައިލް ކޯޓުގެ އިސް ގާޒީ މުސާރަ 62،000 ރ.
  • ކްރިމިނަލް ކޯޓު، ޑްރަގް ކޯޓު، ފެމިލީ ކޯޓު، ސިވިލް ކޯޓު، ޖުވެނައިލް ކޯޓުގެ ގާޒީންގެ މުސާރަ 60،000 ރ.
  • ދާއިރާގެ އިސް މެޖިސްޓްރޭޓުންގެ މުސާރަ 43،000 ރ.
  • މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ މުސާރަ 41،000 ރ.
  • ސިޓީތަކުގެ މޭޔަރުންގެ މުސާރަ 46،000 ރ.
  • ސިޓީތަކުގެ ޑެޕިއުޓީ މޭޔަރުންގެ މުސާރަ 40،500 ރ.
  • އަތޮޅު ކައުންސިލްތަކުގެ ރައީސުންގެ މުސާރަ 33،000 ރ.
  • ސިޓީ ކައުުންސިލަރުންގެ މުސާރަ 35،000 ރ.
  • ރަށު ކައުުންސިލްތަކުގެ ރައީސުންގެ މުސާރަ 25،500 ރ.
  • ރަށު ކައުުންސިލަރުންގެ މުސާރަ 18،000 ރ.
  • އެމްއެމްއޭގެ ގަވަރުނަރުގެ މުސާރަ 74،000 ރ.
  • އޮޑިޓަ ޖެނެރަލްގެ މުސާރަ 74،000 ރ.
  • ޕްރޮސެކިއުޓަ ޖެނެރަލްގެ މުސާރަ 74،000 ރ.
  • އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މުސާރަ 55،000 ރ.
  • ޗިލްޑްރަން އޮމްބަޑްޕާސަންގެ މުސާރަ 41،000 ރ.

އަދި، މީރާގެ ޑިރެކްޓަރުންގެ ބޯޑާއި، ޕްރައިވަޓައިޒޭޝަން ބޯޑުގެ މެމްބަރުންނާއި ޕޭ ކޮމިޝަންގެ މެމްބަރުންގެ މުސާރަ ވެސް ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން: 

  • ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މުސާރަ 74،000 ރ.
  • ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މުސާރަ 55،000 ރ.
  • މިނިވަން މުއައްސަސާތަކުގެ ރައީސުންގެ މުސާރަ 59،000 ރ.
  • މިނިވަން މުއައްސަސާތަކުގެ ނައިބު ރައީސުންގެ މުސާރަ 55،000 ރ.
  • މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރަ 48،000 ރ.
  • ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްގެ މުސާރަ 41،000 ރ.
  • ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ނައިބު ރައީސްގެ މުސާރަ 31،000 ރ.
  • ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުން 12،000 ރ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް