ads
ބިލަށް އަމަލުނުކުރާނަމަ އީސީ މެމްބަރުން ވަކިކުރާނެކަމުގެ އިންޒާރު
އިންތިހާބު ރޯދައިގެ ފަހަށް ފަސްކުރުމަށް ރައްޔިތުން ދެވަނަ ފާސްކުރުމުން އެކަމަށް އިލްކެޝަންސް ކޮމިޝަނުން އިހްތިރާމް ނުކުރާނަމަމް ކޮމިޝަން މެމްވަރުން ވަކިކުރަން ހުށައަޅާނެކަމުގެ އިންޒާރު އިދިކޮޅު އެމްޑީޕީން ދީފިއެވެ.

އަންނަ މަޖިލިސް އިންތިހާބު ރޯދައިގެ ފަހަށް ފަސްކުރަން މަޖިލީހުން ފާސްކުރި ބިލް ތަސްދީގު ނުކުރައްވާ ރައީސް އަނބުރާ ފޮނުވާލުމުން މަޖިލީހުން މިއަދު ވަނީ އަނެއްކާވެސް އެ ބިލް 47 މެމްބަރުންގެ އަގްލަބިއްޔަތުން ފާސްކޮށްފައެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބް ރައީސް، ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވީ މަޖިލީހުން ފާސްކުރި ބިލަށް އިލެކްޝަންސް ކޮމިޝަނުން އަމަލުނުކުރާނަމަ އެ ކޮމިޝަންގެ މެމްބަރުން ޖަވާބުދާރީކުރުވާނެކަމަށެވެ. 

" އެކަން އެގޮތަށް ވާ ތަން ނުފެންނަ ކަމަށްވާ ނަމަ އަޅުގަނޑުމެން މި ތިބީ ތައްޔާރަށް އިލެކްޝަން ކޮމިޝަންގެ އިތުބާރު ނެތް ކަމުގެ ވޯޓަކާ ހަމައަށް ދާން ވެސް،" ސަލީމް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރި ބިލެއް ތަސްދީގުނުކޮށް ލަސްކުރުމުން އޭރު އިދިކޮޅުގައި ހުންނެވި މިހާރުގެ ރަޢީސް ޑރ މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ސުޕްރީމްކޯޓަށް ހުށައެޅިއެވެ. މި މައްސަލަގައި ސުޕްރީމްކޯޓުގެ 7 ފަނޑިޔާރުންގެ އިއްތިފާގުން 2010 ވަނަ އަހަރު ނިންމި ނިންމުމުގައި ބުނެފައިވަނީ  '"…އިންސާނީ ބާރުނުފޯރާފަދަ، އިޚްތިޔާރުން ބޭރު ސަބަބެއް މެދުވެރިވެގެން މެނުވީ" ރައީސަށް އެބިލެއް ތަސްދީގު ނުކޮށް ލަސްނުކުރެވޭނެކަމަށެވެ. 

މިހާރު ހަމަޖެހިފައިވާ ގޮތުން އަންނަ މަޖިލީހުގެ އިންތިހާބު އޮންނާނީ އަންނަމަހުގެ 17 ވަނަދުވަހުއެވެ. އެއީ ރޯދަމަހުގެ 7 ވަނަ ދުވަހުއެވެ. މަޖިލީހުން ފާސްކުރި ބިލްގައި ބުނެފައިވަނީ އިންތިހާބު ބާއްވަން ޖެހޭނީ ރޯދަމަސް ނިމިގެން 10 ދުވަސްފަހުންކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް