ads
ވަކާލާތު ކުރާނީ ޒުވާން ޖީލަށް އާމްދަނީ ލިބޭނެ މަގެއް ރަށުން ހޯދައިދިނުމަށް: އައްޔަ
ޒުވާން ޖީލަށް އާމްދަނީ ލިބޭނެ މަގެއް ރަށުން ހޯދައިދިނުމަށާއި ފަތުރުވެރިކަމާއި މޫދު ކުޅިވަރުގެ މައިހަބަކަށް ދާއިރާ ހެދުމަށް ކަނޑައަޅާ ތަސައްވަރު ހަގީގަތަކަށް ހެދުމަށް ވަކާލާތު ކުރުމަށް ވުރެ މުހިންމު މަސައްކަތެއް ނޯންނާނެ ކަމަށް ނޮޅިވަރަމް ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީ ކެންޑިޑޭޓް އަލީ އަބުދުލް ރަހްމާން (އައްޔަ) ވިދާޅު ވެއްޖެ އެވެ.
Advertisement

އައްޔަ ވިދާޅުވީ ހދ. އަތޮޅުގައި އޮތް ދެވަނަ އަށް އެންމެ އާބަދީ ބޮޑު ނޮޅިވަރަމާއި ހަތަރު ވަނައަށް އެންމެ އާބާދީ ބޮޑު ނޮޅިވަރަމްފަރު ހިމެނޭ ދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވަނީ ތަސައްވަރަކާ އެކު ކަމަށާއި އެ ތަސައްވަރު ވެގެންދާނީ އަތޮޅުގެ ޗާޓުން އެ ދެ ރަށް ބާކީކޮށްލެވިފައި އޮތް އޮތުން ނިމުމަކަށް ގެނެސް ފަތުރުވެރިކަމާއި، މޫދު ކުޅިވަރަށް އަދި އެދެ ދާއިރާއިން މީހުން ބިނާ ކުރުމުގެ ހާއްސަ ސަރަހައްދަކަށް ދާއިރާ ހެދުން ކަމަށެވެ.

" ފަތުރުވެރިކަމާއި، މޫދު ކުޅިވަރަށް، އަދި އެ ދެ ސިނާއަތަށް މީހުން ބިނާ ކުރުމުގެ ހާއްސަ ސަރަހައްދަކަށް ދާއިރާ ހެދުމުގެ ތަސްވަރު ހާސިލުކުރުމަށް ހާއްސަކޮށް ދަނޑުވެރިކަމާއި މަސްވެރިކަމުން އާމްދަނީ ލިބި، މުޅި އުތުރު ގުޅުވާލާ މައި ސަރަހައްދަކަށް ދާއިރާ ހެދުމަށް ކުރަންޖެހޭ ވަކާލާތު ކުރުމުގައި ދެމި ހުންނާނަށް،" އައްޔަ ވިދާޅުވި އެވެ.

ނޮޅިވަރަމް ދާއިރާގެ ދެ ރަށަށް އަހަރަކު މަދުވެގެން 100 މިލިއަން ރުފިޔާ އާމްދަނީއެއް ހޯދުމުގެ ތަސައްވަރު ހަގީގަތަކަށް ހެދުމަށްޓަކައި ގައުމީ ތަރައްގީގެ ގާނޫނު ފައްކާކޮށް މި ކަންކަން ވެރިކަމުގެ ފަރާތުން ކުރުވުމަށް ބާރު އެޅުމަށްޓަކައި ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭ ފަހަރު ޖަވާބުދާރީ ކުރުވައި، ސަރުކާރަށް ވާގިވެރިވާންޖެހޭ ފަހަރު ވާގިވެރިވެ، ދާއިރާގެ ތަރައްގީގެ މިސްރާބު ހަމަމަގަށް އެޅުވުން ނޫން އެހެންކަމެއް ނުކުރައްވާނެކަމުގައި އައްޔަ ވިދާޅުވި އެވެ.

" އަޅުގަނޑުގެ ހުރިހާ ވަގުތެއް ވެސް ހޭދަ ކުރާނީ މި ދެންނެވި މަގުން ދަތުރުކޮށް މާލީ މިނިވަންކަން ލިބިފައިވާ މީހާ އާއި ރަށާއި ދާއިރާއެއް ބިނާ ކުރުމަށް. އެކަންކަން ކުރުމަށް މި އަންނަނީ ތަސައްވަރެއް ހިފައިގެން މަޖިލިސް ތެރެއިން އެކަންކަން ހާސިލް ކުރުމަށް ގާނޫނުތައް ފައްކާކޮށް ގާނޫނުން ކަނޑައަޅާ ހަމަތަކާއި އެކު މާލީ މިނިވަންކަން ލިބިފައިވާ މީހާ އާއި ދާއިރާ ބިނާ ކުރުމަށް،" އޭނާ ވިދާޅުވި އެވެ.

އައްޔަ ވިދާޅުވީ ދާއިރާގެ ދެ ފަރާތުގައި ދެ އެއާޕޯޓް އޮތް އިރު ދެކުނު ފަރާތުގައި އޮތް ޑޮމިސްޓިކް އެއާޕޯޓް ބޭނުންކޮށްގެން ލޯކަލް ޓޫރިޒަމާއި އިރުމަތި ފަރާތުގައި އޮތް އިންޓަނޭޝަނަލް އެއާޕޯޓް ބޭނުންކޮށްގެން މުޅި ސަހައްދަށް މާލީ ތަނަވަސްކަމާއެކު ރައްޔިތު މީހާގެ ތަނަވަސްކަން އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް