ކޯޓަށް ވަދެ ފަނޑިޔާރަށް އިންޒާރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި ފަތްކޯނި، އަހްމަދު ނިޝާން ކިޔާ މީހެކެވެ. އޭނާ ހައްޔަރުކޮށް ބަންދަން ވަނީ 30 ދުވަސް ޖަހާފަ އެވެ. އޭނާ ކޯޓު ތެރެއަށްވަދެ އަޑުގަދަ ކުރި މަންޒަރުތައް ހިމެނޭ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި އާއްމުވެފައިވެ އެވެ.
އަހްމަދު ނިޝާންގެ ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާއަކީ ކުރިންވެސް ކޯޓަށްވަދެ އެތަނުގެ މަސްލަހަތު ނަގާލާފައިވާ މީހެކެވެ. އަދި އެ ނޫންވެސް ރެކޯޑްތައް ގިނަ މީހެއްކަން އޭނާގެ ބަންދު އަމުރު ރިޕޯޓުން އެނގެ އެވެ.
ކޯޓަށް ވަދެ ފަނޑިޔާރަށް އިންޒާރު ދިން މައްސަލައިގައި މި މީހާ ހައްޔަރުކޮށްފައިވާއިރު، ދެ ފަނޑިޔާރަކަށް އިންޒާރުދިން މައްސަލައެއްގައި މި ހަފްތާ ތެރޭގައި އެހެން ދެ މީހަކުވެސް ހައްޔަރުކޮށްފައިވެ އެވެ.