ads
މޭޔަރު އާޒިމް ފުރަތަމަ ފަހަރަށް މިރޭ އާއްމުންނާ ބައްދަލުކުރަނީ
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް މިރޭ ފުރަތަމަ ފަހަރަށް މާލޭ ރައްޔިތުންނާއި ބައްދަލުކުރަން ނިންމަވައިފިއެވެ.

މޭޔަރުކަމަަަށް އާޒިމް ވަޑއިގެންނެވި ފަހުން ބާއްވާ ފުރަތަމަ "ޓަައުންގހޯލް މީޓީން"  އޮންނާނީ މިރޭ 20:30 ގައި ލޮނުޒިޔާރަތްކޮޅު ޕާކުގައެވެ. 

މި ބައްދަލުމުގައި މާލޭ ސިޓީައި ހުރި ކަންކަމާއި ގުޅޭ ގޮތުން އާއްމުންނަށް މޭޔަރާ ސުވާލުކޮށް ކަންބޮޑުވުން ފާޅުކޮށް، ހިޔާލު ހުށައެޅުމުގެ ފުރުސަތު އޮންނާނެއެވެ. މިރޭގެ ބައްދަލުވުމުގައި މާލޭ ސިޓީގެ ވީހާވެސް ގިނ ރައްޔިތުން ބައިވެރިވުމަށް މާލޭ ސިޓީ ކައުންސިލުން އެދެއެވެ. 

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް އެކުލަވާލާފައިވާ ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ކޮންމެ ކައުންސިލަކުންވެސް ރައްޔިތުންނާއި ބައްދަލުކޮށް ކައުންސިލްގެ ވިސްނުންތައް ކިޔާދީ ރައްޔިތުންގެ ހިޔާލުތައް ހޯދުމަށް ރައްޔިތުންނާއި އެކު ބައްދަލުވުން ބާއްވަންޖެހެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް