ads
އަވަހަށް އިންތިހާބާއި ބެހޭ ބިލް ރައީސް ތަސްދީގު ކުރައްވާ: އީސަ
އިންތިހާބާއި ބެހޭ ބިލް ވީހާވެސް އަވަހަށް ރައީސް ތަސްދީގު ކެމްޕެއިން ތަރުޖަމާނު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.
Advertisement

ރޯދަމަހުގައި އިންތިޚާބު ނުބޭއްވޭ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އިސްލާހު ގެނެސް، އިއްޔެގެ ޖަލްސާގައި ވަނީ ދެވަނަ ފަހަރަށް ފާސްކޮށްފަ އެވެ.

މިއަދު އެމްޑީޕީން ކުރިޔަށް އޮތް އިންތިހާބާއި ބެހޭ ގޮތުން މީޑިޔާ އަށް މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސަ ވިދާޅުވީ މީގެ ކުރިންވެސް މި ފަދަ ހާލަތެއް ދިމާވުމުން ރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ އިންސާނީ ބާރު ނުފޯރުވޭ ފަދަ ގުދުރަތީ ހާލަތެއްގައި މެނުވީ ބިލް ތަސްތީގު ނުކޮށް ލަސް ކޮށްގެން ނުވާނޭ ކަމަށެވެ.

މި ހާލަތުގައި އެ ފަދަކަމެއް ދިމާއެއް ނުވާ ކަމަށާއި އެހެން ކަމުން މި ހާލަތުގައި އެ ބިލް ތަސްދީގުނުކޮށް ލަސް ކުރުން ވެގެން ދާނީ ގާނޫނާއި ހިލާފަ ވުން ކަމަށް އީސަ ވިދާޅުވި އެވެ.

"ރައީސް މި ބިލް ތަސްދީގު ނުކުރައްވާ ލަސްކުރާ ނަމަ އެ އަރައިގަނެވެނީ ހަމަ މަޖިލީހަށް ލިބިގެންވާ ބާރުގެ މައްޗަށް. މަޖިލީހުގެ މައްޗަށް ނުފޫޒު ފޯރުވަން ރައީސް އެ އުޅުއްވަނީ. އެކަން އެގޮތަށް ނުކުރައްވަން އަޅުގަނޑު ރައީސް އަށް ގޮވާލަން" އީސަ ވިދާޅުވި އެވެ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ގާނޫނު އަސާސީއަށް ފުރިހަމައަށް ތަބާވެވަޑައިގަންނަވާކަމަށް ތަކުރާރުކޮށް ވައުދުވެޑައިގަތުމަށް ފަހު ކަމަށާއި ނަމަވެސް ފެނިގެންދަނީ ވެ ވަޑައިގެން ވައުދާއި މުޅިން ހިފާލަށް އަމަލު ކުރާތަން ކަމަށް އީީސަ ވިދާޅުވި އެވެ. 

އީސަ ވިދާޅުވީ ބިލު ފާސްކުރީ ޖުމުލަ މެންބަރުންނަކީ 87 ކަމަށް ބެލި ނަމަވެސް ގާނޫނު އަސާސީގައި ބަޔާން ކުރާ ގޮތުގެ މަތިން މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ. އަދި މީގެ ކުރިން އެފަދަ ހާލަތުގައި ފާސްކުރާ ބިލެއް ވަގުތުން ތަސްދީގު ކުރަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ހުކުމެއް ވެސް އެބަ އޮތެވެ.

"މި ވަގުތު ދާން ޖެހޭ ހާލަތެއް އޮތް ކަމަކަށް ނެތޭ ދެންނެވެނީ ވެސް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއް މިހާރު ވެސް އެބަ އޮތް، ތަސްދީގު ކުރަން ޖެހޭނެ ކަމަށް، އެހެންވިޔަސް ދާން ޖެހޭ ހާލަތެއްގައި، ބިލު ތަސްދީގު ކުރަން ދެކޮޅު ހަދާ ފަދަ ހާލަތެއްގައި، ކޯޓަށް ދާން ޖެހެއްޖެއްޔާ ކޯޓަށް ވެސް ދާނަން،" އީސަ ވިދާޅުވި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ފަހުން ބާއްވަން ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ހިލާފަށް ނޫން ކަމަށް ބަންޑާރަނައިބު ލަފާ ދެއްވައިފިނަމަ މިއަދުވެސް އެ ބިލު ތަސްދީގު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ވިދާޅުވެފަ އެވެ.

   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް