ads
މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޫކުރާ ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޫކުރާ ލޯނަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތުަ މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޣިކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލައިފި އެވެ.

މި ލޯނަށް ފަސް ސަތޭކަ ފުރުސަތެއް ހުޅުވާލައިފާ ވާއިރު ފޯމު ހުށައެޅުމުގެ ސުންގަޑި އަކީ 25 އޭޕްރިލް 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ.

މި ސްކީމުގެ ދަށުން ލޯނު ދިނުމަށް ހަމަޖެހިފައިވަނީ 2 ކެޓަގަރީއަކަށް ބަހާލައިގެން ނެވެ. އެއީ އަލަށް ކިޔަވަންފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުންދާ ދަރިވަރުން ނެވެ.

މި ލޯނަށް ހުށައެޅުމުގެ ޝަރުތަކީ "ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު" ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާ ޝަރުތުތަ ކެވެ.

އެެޕްލިކޭޝަން ހުށަހެޅުމުގައި ކޮންމެ ދަރިވަރަކު ވެސް ހުށަހަޅަންވާނީ އެއް އެޕްލިކޭޝަން ފޯމް ކަމަށާއި އެޕްލިކޭޝަން ހުށަހަޅާނީ އެކަމަށްޓަކައި ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށ،ް އޭގައި ބަޔާންކުރާ ހުރިހާ ލިޔުންތަކާ އެކުގައި ކަމަށް ވެސް އިއުލާންގައި ބަޔާން ކޮށްފާ ވެއެވެ. 

އަދި އެޕްލިކޭޝަނާއިއެކު ހުށަހަޅާންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމ،ަ އެޕްލިކޭޝަން ބާތިލްވާނެ ކަމަށްވެސް އިއުލާންގައި ވެއެވެ.

މީގެ ކުރީ ސަރުކާރު ތަކުން ވެސް ކިޔެވުމަށް ލޯނު ދޫކުރަމުން ދިޔަ ގައުމުތަކުގައި ކިޔަވަން ހުޅުވާލި ފުރުސަތުތަކަށް އަންނަ މަހުގެ 21ގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ.

ލޯނަށް އެޕްލިކޭޝަން ހުށަހެޅުމުން މިނިސްޓްރީން ބެލުމަށް ފަހު ރަނގަޅު ކުރަންޖެހޭ ނަމަ، އެކަން އަންގައި ރަނގަޅު ކުރުމަށް ފުރުސަތު ދޭނެ އެވެ. ދެވަނަ ފުރުސަތުގެ އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރީލް 25 އެވެ.

  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް