ads
ސުޕްރީމް ކޯޓު
ތީމުގެއިން ސްޕްރީމް ކޯޓު ނުކުންނަނީ، ކޯޓް އަޅަން މާލެއިން ބިމެއް ދީފި
ކުރީގެ ރިޔާސީ ގަނޑުވަރުގެ ގޮތުގައި ބޭނުންކުރެއްވި ތީމޫ ގޭގައި ހިންގަމުން އަންނަ ސުޕްރީމް ކޯޓު އެތަނުން ނެރި އެ ކޯޓް އަޅަން މާލެއިން ބިމެއް ހަމަޖެހިފައިވާކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު ވިދާޅުވެއްޖެ އެވެ.
Advertisement

ސުޕްރީމް ކޯޓަށް 18 އަހަރު ފުރުން ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތު ގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު އަބްދުލް ގަނީ މުހައްމަދު ވިދާޅުވީ މާލޭގެ އެންމެ ޕްރައިމް އެއް ހިސާބުން ސްޕްރީމް ކޯޓު އަޅަން ބިމެއް ސަރުކާރުން ހަމަޖައްސާދީ ފައިވާކަމަށެވެ. 

އެތަނުގެ މަސައްކަތް އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި ނަމަވެސް ކޯޓު އަޅަން ބިން ލިބުނީ ކޮން ހިސާބަކުން ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެހެން ކޯޓުތަކެކޭ އެއްގޮތަށް ސުޕްރީމް ކޯޓަށްވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށެވެ. އެ މައްސަލް ހައްލުކުރަން ސަރުކާރުން ބޮޑު އިސްކަމެއް ދޭންކަން އެންމެނަށްވެސް އެގޭނަކަން ފާހަގަކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓަށް ވެސް އަމިއްލަވަންތަ މުސްތަގިއްލު ހިޔާވަހިކަމެއް ލިބުމުގެ އުއްމީދު މިހާރު ލިބިފައިވާކަމަށެވެ

ފެހި ގާނޫނު އަސާސީގެ ދަށުން އުފެއްދި ސުޕްރީމް ކޯޓުގެ އިންތިގާލީ ކޯޓް އެންމެ ފުރަތަމަ ހިނގަމުން އައީ އެންމެ ފުރަތަމަ ރިޔާސީ ގަނޑުވަރުގެ ގޮތުގައި ބޭނުންކުރި މުލީއާގޭގައެވެ. އޭގެ ފަހުން ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެން މުލިއާގެ އަލުން ރިޔާސީ ގަނޑުވަރެއްގެ ގޮތުގައި ބޭނުންކުރަން ފެށުމުން އޭގެކުރިން ވެރިކަމުގައި ހުންނެވި ރައީސް މައުމޫން އަބްދުލްގައްޔޫމް ރިޔާސީ ގަނޑުވަރަކަށް ބޭނުންކުރި ތީމުގެ ގެއަށް ސުޕްރީމް ކޯޓު ބަދަލުކުރި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް