ads
ތެލަސީމިއާ ކުދިންނަށް އަންނަ އަހަރުން ފެށިގެން އިނާޔަތް ދެނީ
އަންނަ އަހަރުން ފެށިގެން ތެލެސީމިއާ ކުދިންނަށް ސަރުކާރުން އިނާޔަތެއް ދޭން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިން ނ. މަނަދޫ، ވަސްމާ ޔޫސުފް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ތެލަސީމިއާ ކުދިންގެ އިނާޔަތާއި ގުޅޭގޮތުން ވަސްމާ ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީީސް ވިދާޅުވީ، ތެލަސީމިއާ ކުދިންނަށް ދޭނެ އިނާޔަތް މިއަހަރުގެ ބަޖެޓް ފާސްކުރިއިރު މަޖިލިހުން ހިމަނުއްވާފައި ނުވާކަމަށެވެ.

ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި އެ ފައިސާ ހިމަނުއްވައިގެން އެ އިނާޔަތް ދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ތެލަސީމިއާ ކުދިންނަށް ދޭ އިނާޔަތް މިއަހަރުގެ ބަޖެޓުގައި ނެތް ހިމެނިފައި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ދޭންފަށަން ގަސްތުކުރަނީ." ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން އަތޮޅުތެރޭގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދޭންޖެހޭ ތެރަޕީގެ ހިދުމަތާ ގުޅޭގޮތުން ރައީސް ވިދާޅުވީ ހޮސްޕިޓަލްތަކުގައި އެފަދަ ކުދިންނަށް ބޭނުންވާ ފިޒިއޮތެރަޕީއާއި ސައިކޭޓްރީގެ ހިދުމަތާއި އިތުރު ތެރަޕީތައް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރައްވަމުންދާ ކަމަށެވެ.

އަދި ބަޖެޓު ތަންދިން މިންވަރަކުން ވީހާވެސް ގިނަ އަތޮޅު ހޮސްޕިޓަލްތަކެއްގައި މިފަދަ ހިދުމަތް ގާއިމުކޮށް ސްޕެޝަލިސްޓުން ބޭތިއްބުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީީސް ވަނީ ވިދާާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ސެން ކްލާސްތައް ސްކޫލްގައި ގާއިމުކުރުމަށް ޓްރެއިނިން ލިބިފައިވާ ސެން ޓީޗަރުން ނެތް ކަމަށެވެ. އެހެންކަމުން ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް