
އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށްޓަކައި މިހާރުވަނީ މިނިސްޓްރީ އޮފް ހެލްތާއި، އެންސްޕާއާއި، އައިލެންޑް އެވިއޭޝަން ސާވިސްއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ.
ހެލްތް މިނިސްޓްރީން ބުނީ އެއާ އެމްބިއުލާންސްގެ ހިދުމަތް 24 ގަޑިއިރު ދިނުމަށްޓަކައި ކުއްލި ފަރުވާގައި މީހުން އުފުލުގެ ހިދުމަތުގެ ތަމްރީން ލިބިފައިވާ 15 މުވައްޒަފުން މަސައްކަތްކުރާނެ ކަމަށެވެ. އެގެތެރޭގައި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެމާޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނެ އެވެ.
މި ހިދުމަތް ފެށުމަށްޓަކައި 38 މީހުން އުފުލޭ ވަރުގެ އެއާކްރާފްޓެއް މިހާރު ވަނީ ރައްޖެ ގެނެސްފަ އެވެ. އަދި ކުއްލި ހާލަތުގައި ބޭނުންކުރާ އޮކްސިޖަންއާއި، ވެންޓިލޭޓަރުގެ އިތުރުން އިމަޖެންސީގައި ބޭނުންވާނެ ތަފާތު އިންޖެކްޝަން ފަދަ ތަކެތި މި ބޯޓުގައި ހިމެނެ އެވެ.
އެ މަސައްކަތުގައި މޯލްޑިވިއަނުން ކުރި މަސައްކަތްތަކާއި މެޑިކަލް ޑިވައިސްތައް ފޯރުކޮށްދިން ކަމަށްޓަކައި މިނިސްޓްރީން ވަނީ އުރީދޫއަށް ޝުކުރުއަދާކޮށްފަ އެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް، ސަރުކާރުން ނިންމާފައިވަނީ މާލެ ސަރަހައްދުގައި މިހާރު ގާއިމުކުރެވިފައިވާ "މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސްގެ ނިޒާމް"ގެ ތެރެއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ހިމެނުމަށެވެ.
ހެލްތް މިނިސްޓްރީން ބުނީ މިވަގުތު އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަން ހަމަޖެހިފައިވަނީ ސްރީލަންކާއަށް ކަމަށާއި، ބަލި މީހުން ގެންދިޔުމަށް ސްރީލަންކާއިން ދެ ގަޑިއިރުގެ ތެރޭގައި ހުއްދަ ލިބޭނެ ކަމަށެވެ. ލަންކާގެ އިތުރުން އެހެން ގައުމުތަކުން ހުއްދަ ހޯދުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް ސިއްހީ ކުއްލި ފަރުވާގެ ހިދުމަތް ފުޅާކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.