ads
ކެޓް ޝެލްޓަރ އަޅަން ހާއްސަކުރި ބިން
ބުޅަލުގެ މަރުކަޒު ހަދާނެ ބަޔަކު ސިޓީ ކައުންސިލުން ހޯދަނީ
ހުޅުމާލޭގައި ހަދާ ކެޓް ޝެލްޓަރ ހަދައިދޭން ބަޔަކު ހޯދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލޭ ސަރަހައްދުގައި ބުޅާ ގިނަވެ ނަޖިސްވަމުންދާ މައްސަލަ ހައްލުކުރުމަށް އަޅާ މި ޝެލްޓަރ އަޅަނީ ހުޅުމާލޭ ފަރުކޮޅުފުށި ސަރަހައްދުގައެވެ. މި މަސައްކަތް ކޮށްދޭން  ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ސިޓީ ކައުންސިލުން ވަނީ ހުޅުވާލާފައެވެ. އެ ކައުންސިލުން ބުނީ މި މަރުކަޒު ހެދުމަށް އަގު ހުށައެޅުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުކަމަށެވެ. 

ބުޅަލަށް އަޅާ ވަގުތީ ކެޓް ޝެލްޓަރެއް އަޅާ ބިން މާލޭ ސިޓީ ކައުންސިލާއި ހަވާލުކުރީ މިދިޔަމަހުގެ 9 ވަނަ ދުވަހުއެވެ.  މި ބިން ދީފައިވަނީ ހިޔާ ފްލެޓް ސަރަހައްދުންނެވެ.

"ކެޓް ޝެލްޓާގައި ވެޓް ޑޮކްޓަރުން ތިބޭނެ. މާލެ ސަރަހައްދުގެ މަގުމަތީގައި އުޅޭ ބުޅާތައް ޖަމިއްޔާތަކާ ގުޅިގެން ނަގައި އެ ޝެލްޓާއަށް ގެންދާނެ. މި ތަން ނިމޭއިރު ދޫނިތައް ވެސް ހުންނާނެ." ސިޓި ކައުންސިލުން ބުނެފައިވެއެވެ.

ހަ މަސް ދުވަހުގެ ތެރޭ ހުޅުމާލޭގައި ވަގުތީ ކެޓް ޝެލްޓަރެއް އަޅަން މާލޭ ސިޓީ ކައުންސިލާއި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ސޮއިކުރީ މިދިޔަ 25 ގައެވެ. ބުޅާތަކަށް ހާއްސަ ޝެލްޓާތަކެއް އަޅަން ހުޅުމާލެއިން ވަނީ 5،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފައެވެ. އެތަން ނިމޭއިރު، ބުޅާތަކަށް ހާއްސަ ހޮޓަލާއި ޕާކް އަދި ފިހާރަ ހުންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް