އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ބުނީ އިމުގާ މެދުވެރިކޮށް ޕާސްޕޯޓަށް 24 ގަޑިއިރު އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އިތުރުން އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކުގެ ތެރެއިން އެހީތެރިކަން ބޭނުންފުޅުވާ ފަރާތްތަކުގެ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:00 އިން މެންދުރު 13:00 އަށް ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
އެއާއެކު ޕާސްޕޯޓު ނެގުމަށް މާލެއިން ނަންބަރު ދޫކުރާނީ ހެނދުނު 9:00 އިން މެންދުރު 13:00 އަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި ރީޖަނަލް އޮފީސްތަކުން ޕާސްޕޯޓު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:05 އިން މެންދުރު 12:00 އާ ހަމައަށް ކަމަށް އެ އިއުލާނުގައިވެއެވެ.
ވިސާއާ ގުޅޭ ހިދުމަތްތައް ފޯރުކޮށްދޭނީ ކަނޑައަޅާފައިވާ ވަކި ގަޑިތަކުގައި ކަމަށް އިމިގްރޭޝަންގެ އިއުލާނުގައިވެ އެވެ. އެ ގަޑިތަކަކީ:
މީގެ އިތުރުން 9:00 އިން 11:00އަށް ވޮލަންޓަރީ ޑިޕާޗާ ޓޯކަން ދޫކުރުމާއި އިންޓަވިއު ކުރުމާއި ޓިކެޓް ނަގާފައިވާ ފަރާތްތަކަށް ޚިދުމަތް ދިނުމުގެ އިތުރުން ކްލިއަރެންސް ޑީޕާޗާ ފޯމާއި މެޑިކަލް އަންފިޓް އެޕްލިކޭޝަން ބަލައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކްލިއަރެސް ޑިޕާޗާ ފޯމާ މެޑިކަލް އަންފިޓް އެޕްލިކޭޝަން އެޕްރޫވްކޮށް އިޝޫ ކުރާނީ މެންދުރު 12:00 އިން 13:30 ގެ ނިޔަލަށް ކަމަށް އިމިގްރޭޝަންގެ އިއުލާނުގައި ބުނެފައިވެ އެވެ.
ރޯދަ މަހުގެ ފަހު ދިހައެއްގައި ވެސް އިމިގްރޭޝަނުގެ ހިދުމަތްތައް ދޭން ނިންމާފައިވާއިރު ރައީސް އޮފީހުން ފެބްރުއަރީ މަހުގެ ކުރީކޮޅު ކުރި އިއުލާނުގައި ވަނީ ރޯދަ މަހުގެ ފަހު ދިހައެއް ބަންދުކޮށް، އެ މުއްދަތުގައި މުއައްސަސާތަކާއި ކުންފުނިތަކުން އަމަލުކުރާނެ ގޮތް އަންގައިދޭން އެދިފަ އެވެ.
މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރޯދަ މަހުގެ ފަހު ދިހައެއް ސަރުކާރު ބަންދުކުރަން ނިންމައި، ނެރުނު އެ އެންގުމުގައި ރައީސް އޮފީހުން ބުނީ އެ ނިންމުން ނިންމާފައި ވަނީ އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި ދީނީ ކަންކަމަށް ރައްޔިތުންގެ ލޯބި ޖެއްސުމަށް އިސްކަން ދޭންވެގެން ކަމަށެވެ.