ads
ވިލިމާލެ - ހިތަދޫ މެޗުގެ ތެރެއިން
ފަހު ސިކުންތުގައި ވައްޖެ ޖެހި ލަނޑުން ވިލިމާލެ ސެމީއަށް
ގޯލްޑަން ފުޓްސަލްގެ ސެމީ ފައިނަލުން ވިލިމާލެ ފުރުސަތު ހޯދައިފިއެވެ.

ވިލިމާލެ އިން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ސ. ހިތަދޫ 1-0 ގެ ނަތީޖާއިން ބަލިކޮށްގެންނެވެ. މިއީ ވިލިމާލެއިން މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. 

މި މެޗުގެ ހަމައެކަނި ގޯލު މެޗުގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ޖަހާދިނީ އިސްމާއިލް ވަޖީހު (ވައްޖެ) އެވެ.

ސެމީ ފައިނަލުގައި ވިލިމާލޭން ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ލ. ގަމާ ދެކޮޅަށެވެ. ލ. ގަމު ސެމީއަށް ދިޔައީ ޕެނަލްޓީ ޖަހައިގެން މަތިވެރި ބަލިކޮށްގެނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް