އާދަޔާ ހިލާފު ހިތްވަރަކާއެކު ލ. ގަން ސެމީއަށް
ސްޕޯޓްސް ޓީމް
02 މާރޗް 2024 - 15:31:18
ގޯލްޑަން ފުޓްސަލްގެ އެންމެ ފަހުގެ ޗެމްޕިއަން ލ. ގަމުން، މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފިއެވެ.
ލ. ގަމުން ސެމީ ފައިނަލުގެ ޖާގަ ހޯދީ ޕެނަލްޓީގައި އއ. މަތިވެރި 7-6 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. ޕެނަލްޓީއަށް ދިޔައީ ދެ ޓީމު އެއް ލަނޑު އެއް ލަނޑުން އެއްވަރުވުމުންނެޗެ.
މި މެޗުގެ ދެވަނަ ހާފުގެ 16 ވަނަ މިނެޓުގައި ލ. ގަމަށް ލީޑު ނަގާދިނީ އަހުމަދު ހަލީމް (އައްމަޑޭ) އެވެ. މިއީ މަތިވެރީގެ ފަސް ފައުލު ހަމަވެގެން ލިބުނު ދުރު ޕެނަލްޓީ އަކުން އެނާ ކާމިޔާބުކުރި ގޯލެކެވެ. އެކަމަކު މެޗުގެ ފަހު މިނެޓުގައި މަތިވެރީގެ ކީޕަރު މުހައްމަދު އިމްރާން ޖެހި ގޯލުން ނަތީޖާ ހަމަހަމަވި އެވެ.
ޕެނަލްޓީގައި މަތިވެރިއަށް މޮޅުވެ މުބާރާތުގެ ސެމީއަށް ދާން ފުރުސަތު ލިބޭ ތަނަވަސްވާ ޕެނަލްޓީ އެ ޓީމުން މިސްވިއެވެ. ދެން ފަހުން އެ ފުރުސަތު ނުލިބި، ގަމުން މެޗު ކާމިޔާބު ކުރީއެވެ.
ސެމީ ފައިނަލުގައި ގަން ނުކުންނާނީ ވިލިމާލެއާ ދެކޮޅަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް