ads
ހޯމް މިނިސްޓަރު އިހްސާން
ފުލުހުންގެ ޖަވާބަކާ ގުޅިގެން ހޯމް މިނިސްޓަރު މާފަށް އެދިވަޑައިގެންފި
ޕާކިން މައްސަލައެއް ހުށަހެޅި މީހަކަށް، ފުލުހަކު ދިން ޖަވާބަކާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހްސާން ސޯޝަލް މީޑިއާގައި ފުލުހުންގެ ފަރާތުން މާފަށް އެދިވަޑައިގެންފި އެވެ.

ފުލުހުންގެ ފަރާތުން ދިން ޖަވާބާ ގުޅިގެން، ހޯމް މިނިސްޓަރު މާފަށް އެދިވަޑައިގަތީ، ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު ހާތިފް ހިލްމީ ސޯޝަލް މީޑިއާގައި އިއްޔެ ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. 

ހާތިފް ސޯޝަލް މީޑިއާގައި އިއްޔެ ވިދާޅުވެފައިވަނީ، އޭނާގެ ގޭގެ ބައުންޑްރީ ތެރޭގައި މީހަކު ސައިކަލު ޕާކުކޮށްފައިވާތީ އެކަމުގެ ޝަކުވާ ގަލޮޅު ޕޮލިހުގައި ކުރުމުން ފުލުހުންނަށް ކުރެވޭނެ "އެއްވެސް ކަމެއް ނެތް" ކަމަށް ވިދާޅުވި ކަމަށެވެ. އެ ޖަވާބާ ގުޅިގެން އެކަމުގެ ކަންބޮޑުވުންތައް ހާތިފް ހިއްސާ ކުރެއްވީ ސޯޝަލް މީޑިއާގައެވެ.

ހާތިފްގެ ކަންބޮޑުވުންތަކާ ގުޅިގެން، އިހުސާން މިއަދުވަނީ އެކަމަށް އެޑްރެސް ކުރައްވާފަ އެވެ. އެ ޖަވާބު ދީފައިވާނަމަ، އެކަމަށް މާފަށް އެދިވަދައިގެން އިހުސާން ވަނީ ގާނޫނު ތަންފީޒު ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި އެކަމުގައި އެޅިދާނެ އެތައް ފިޔަވަޅެއް ހުރިކަން ހާމަކުރައްވާފަ އެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް