ads
ރަބީއުވިލާގޭގައި ހިނގި އަލިފާނުގެ ހާދިސާ
މިދިޔަމަހު ރޯވި ގޭތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
މާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން  ބުނީ މަރުވެފައި އޮއްވާ ފެނުނު މީހާ ފެނުނީ މ. ރަބީއުވިލާ ގޭގެ ގްރައުންޑު ފްލޯއިން ކަމަށެވެ. އެ ސަރަހައްދުގައި ފުލުހުންގެ އަންނަނީ ހަރަކާތްތެރުވަމުންނެވެ. ފުލުހުން ބުނީ މި މީހާ މަރުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 2:20 ހާއިރު ކަމަށެވެ.  

އެގެއަކީ މީހުން ނުޅޭ ފަޅުގެ އެކެވެ. ގިނަ ދުވަސްތަކެއް ވަންދެން ފަޅަށް ހުންނަ އެ ގޭގައި މިދިޔަ މަހުގެ 10 ވަނަ ދުވަހު ވަނީ އެގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. 

މި ގެއަކީ ދުވަސްވީ އިމާރާތެއްކަމުން އެގޭގައި އެގޭގެ ވެރި ފަރާތުގެ އައިލާ އެއްވެސް މީހަކު ނުޅޭކަމަށް ވެއެވެ. އެހެންނަމަވެސް ގަވައިދާ ހިލާފަށް އުޅޭ ބައެއް މީހުން އެގޭ ތެރޭ ދިރިއުޅޭކަމަށް އެ ހިސާބު ބައެއް މީހުން ބުނެއެވެ.  

އަލިފާނުގެ ހާދިސާއަށް ފަހު ރަބީއުވިލާގޭ އިމާރާތް ތަޅާލުމުގެ މަސައްކަތް ވަަަރަށް އަވަހަށް ކުރާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވަނީ މިދިޔަ މަހުގެ 11 ވަނަދުވަހު ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް