"ހަދީޖާ" އަށް ބެލުންތެރިންގެ ފަރާތުން އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
ފިލްމުގެ ސިނެމެޓޯގްރަފީއާއި، ޑައިރެކްޝަން އަދި ސްކްރިޕްޓުގެ މޮޅު ވާހަކަ ނުދައްކާ މީހަކު ފިލްމު ބެލުމަށްފަހު ނުނުކުމެވެއެވެ.
ހަދީޖާގެ އެންމެ ފަހު ތިންޝޯ މިއަދު އޮލިމްޕަހުގައި އަޅުވާއިރު، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ރަށްތަކާއި ރިސޯޓުތަކުގައިވެސް ފިލްމު އަޅުވާނެއެވެ.
އަށާރަ އަހަރުން މަތީ ކެޓަގަރީއަށް ހާސް މި ފިލްމަކީ ގެވެށިއަނިޔާއާއި, ބިދޭސީންގެ މައްސަލައަދި އަންހެނުންނަށް ކުރާ ތަފާތު އަނިޔާތަކުގެ މައްޗަށް އަލިއަޅުވާލާ އުފައްދާފައިވާ ފިލްމެކެވެ.
ފިލްމުގެ ލީޑު ރޯލުން ރަވީ ފާރޫގު, އަދި ނަތާށާ ޖަލީލް ފެންނައިރު, ފިލްމުގައި މަޝްހޫރު ތަރި ނިމާލުގެ މުހިންމު ރޯލެއްވެސް ފެނިގެން ދެއެވެ.
ފިލްމުގެ ފުރަތަމަ ޝޯ އޮލިމްޕަހުގައި މާދަމާ ހަވީރު އަޅުވާއިރު ފިލްމުގެ ޓިކެޓް ބުކް ކުރުމަށް 7755569 އަށް ގުޅުމަށް ތުރުކަސް ފިލްމްސް އިން ވަނީ އެދިފައެވެ.
ފިލްމުގެ ޝެޑިއުލް: