ads
އޭޝިއަން ޓެލެކޮމް އެވޯޑްސްގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑް ދިރާގަށް - ފޮޓޯ: ދިރާގު
އޭޝިއަން ޓެލެކޮމް އެވޯޑްސްގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް އެވޯޑް ދިރާގަށް
މި އަހަރުގެ އޭޝިއަން ޓެލެކޮމް އެވޯޑްސްގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑް ދިރާގަށް ލިބިއްޖެ އެވެ.

އޭޝިއަން ޓެލެކޮމް އެވޯޑަސްއަކީ މި ސަރަހައްދުގެ މުވާސަލާތީ ސިނާއަތުގެ ކާބިޔާބީތައް ފާހަގަކޮށް، ޒަމާނީ ޑިޖިޓަލް މާހައުލެއް ބިނާކުރުމަށް ކުންފުނިތަކުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށް ދޭ އެވޯޑެކެވެ. 

ދިރާގަށް ލިބުނު މި އެވޯޑަކީ ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ހަލުވި ސްޕީޑްގައި މޮބައިލް އަދި ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީ، މުވާސަލާތީ އަދި ޑިޖިޓަލް ވިއުގަ ތަރައްގީކުރުމަށް އެކުންފުނިން ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް ދީފައިވާ އެވޯޑެކެވެ.  

މި އެވޯޑާ ބެހޭގޮތުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދު ވިދާޅުވީ އެ އެވޯޑަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ.

"މި ކާމިޔާބީއިން ހާމަވެގެންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހަލުވި ސްޕީޑްގައި އިންޓަރނެޓް ފޯރުކޮށްދީ، ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތް ދިނުމަށް އަޅުގަނޑުމެން ކެނޑިނޭޅި ކުރަމުންދާ މަސައްކަތް." ރަޝީދު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި ހުރިހާ ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށަށް 100 އިންސައްތަ މޮބައިލް 4ޖީ ހިދުމަތް ދިރާގުން ފޯރުކޮށްދެ އެވެ. އަދި ވޭތުވެދިޔަ އަހަރު ތެރޭގައި އެކުންފުނިން 94 އިންސައްތަ ގޭބީސީއަށް ފައިބަރ-ޓު-ދަ-ހޯމް އިންޓަރންޓްގެ ހިދުމަތްވެސް ފުޅާކޮށް، މިހާރު ވަނީ 5ޖީގެ ހިދުމަތް އާބާދީގެ 50 އިންސައްތައަށްވެސް ފޯރުކޮށްދީފަ އެވެ. 

ދާދި ފަހުން ދިރާގަށް ވަނީ އޫކްލާ ސްޕީޑްޓެސްޓް އެވޯޑްސްއިން 'ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކް' ގެ އެވޯޑް ވެސް ލިބިފައިވާއިރު، މިއީ ދިރާގަށް މި އެވޯޑް ޖެހިޖެހިގެން ލިބުނު ތިންވަނަ އަހަރު ކަން ފާހަކަ ކޮށްލެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް