ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ ހުސް ދިވެހި ފިރިހެނުން ކަމަށާއި އެ މީހުން ހައްޔަރު ކުރީ ތަހުގީގަށް ކުރިއެރުން ލިބެމުންދިޔަ މިންވަރަކުން އެކި ފަހަރުމަތިން ކަމަށެވެ. އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށް ވެސް ބަޔާނުގައި އެ އިދާރާއިން ބުނެފައިވެ އެވެ. ހައްޔަރުކުރި ހުރިހާ އެންމެންވެސްވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ޝަމީމަށް ހަމަލާދިނީ ޖަނަވަރީ މަހު ފަހުކޮޅު އެއް ދުވަހެއްގެ ހެނދުނުއެވެ. ހަމަލާ އެރީ ޝަމީމްގެ ވައަތުގެ މުލައްދަނޑިއަށެވެ. މަރުތޭލަ އަކުން ދިން މި ހަމަލާ ސަބަބުން ޝަމީމްގެ ވައަތު މުލައްދަނޑީގެ ކަށިގަނޑެއްގައި ރެނދެއްލާފައި ވާތީ އެ އަތުގައި އޭޑީކޭ ހޮސްޕިޓަލުން ޕްލާސްޓަރު އަޅައި، ފަރުވާ ދިނެވެ.
މިކަމާ ގުޅޭ ގޮތުން އޭރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއީ ދުރާލާ ފާރަލައިގެން ވަރަށް ރޭވިގެން ހިންގާފައިވާ އަމަލެއްކަން އެހާތަނަށް ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށެވެ.