ads
ތިލަމާލެ ބްރިޖް މަސައްކަތް ކުރިއަށް ދަނީ
ވިލިމާލޭގެ ދެ ކަނޑުއޮޅި ބަންދުކޮށްފި
މާލެ-ވިލިމާލެ އަދި ވިލިމާލެ-މާލެ ކަނޑުއޮޅިން ދަތުރުނުކުރަން އިލްތިމާސްކުރި ނަމަވެސް، އެ ކަނޑުއޮޅި ބޭނުންކުރުން ނުހުއްޓޭތީ، އެ ދެ ކަނޑުއޮޅި ބަންދުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އިން މިއަދު ބުނީ، އެ ދެ ކަނޑުއޮޅިން އެއްޗެހި ނުދުއްވަން ތަކުރާރުކޮށް އެންގިނަމަވެސް އެ ސަރަހައްދުތަކުން އުޅަނދުުތައް ދަތުރުކުރާ ކަމަށެވެ.

ރިސޯޓުތަކުގެ ސްޕީޑު ލޯންޗުތައް ހާއްސަކޮށް އެ ހިސާބުން ދަތުރުކުރާކަން ފާހަގަވާ ކަމަށް މިނިސްޓްރީ ބުނެ އެވެ. 

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ކުރިއަށްގެންދާ ބްރިޖު މަޝްރޫއުގެ މަސައްކަތްތަކަށް އެ ސަރަހައްދުގައި ބާޖުތަކާއި ސެލްފް އެލެވޭޓެޑް ޕްލެޓުފޯމުތައް ބޭނުން ކުރަމުންދާ ކަމަށާއި މި ދެ ކަނޑުއޮޅީގައި ގިނަ އަދަދެއްގެ ބައިތައް ހަރުކުރުމަށް ނަގިލިތަކާއި ވާތައް އަޅާފައި އޮތުމުން ކަނޑު އޮޅި ބޭނުން ކުރާ އާންމު އުޅަނދުތަކަށް ނުރައްކާތެރި ހާދިސާއެއް ދިމާވުމަކީ އެކަށީގެންވާކަމަށް އެ މިނިސްޓްރީން ބުނެ އެވެ. 

އެ މިނިސްޓްރީން ބުނީ  މި ދެ ކަނޑުއޮޅިން ދަތުރުކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތީ މި ދެ ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމަށެވެ 

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާ ބެހޭ ގަވާއިދުގެ ދަށުން، މަނާކޮށްފައިވާ ކަނޑުގެ ސަރަހައްދަކަށް ވަދެއްޖެ ނަމަ، އެ ފަރާތެއްގެ ލައިސަންސް އެއް މަސްދުވަހަށް ހިފަހެއްޓުމުގެ ބާރު މިނިސްޓްރީ އަށް ލިބިގެންވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް