އޭދަފުށި ފައިނަލަށް ދިޔައީ ސެމީ ފައިނަލްގެ ފަހު މެޗުގައި ގާފަރުގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.
މި މުބާރާތުގެ ޒޯން ބުރުގައި ކުޅުނު ދެ މެޗުގައި ގާފަރުން ވަނީ އޭދަފުށީގެ މައްޗަށް ކުރިހޯދައިފަ އެވެ. އަދި ޒޯން ބުރުގެ ފައިނަލުގައި ގާފަރުން ވަނީ ޕެނަލްޓީގައި އޭދަފުށި ބަލިކޮށްފަ އެވެ. އެހެން ނަމަވެސް، އެ ބަދަލު ހިފައި އޭދަފުށިން މި ވަނީ ފަސް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ފައިނަލަށް ގޮސްފައެވެ. ފައިނަލުގައި އޭދަފުށިން ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ލ. ގަމާއި ދެކޮޅަށެވެ.